ކުނިން ހަކަތަ އުފައްދާ ނިޒާމު އަންނަ އަހަރު އޮޕަރޭޝަނަށް ގެންނަނީ

ރައީސް ޑރ. މުއިއްޒު ތިލަފުއްޓަށް ޒިޔާރަތް ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކ. ތިލަފުށީގައި ގާއިމު ކުރާ ކުނިން ހަކަތަ އުފައްދާ ނިޒާމުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ފަހުކޮޅު އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިކަން ހާމަ ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު، ގްރޭޓާ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާތުގެ ތެރެއިން ނޫސް ވެރީންނަށް އިންޓަވިއު ދެއްވަމުންނެވެ.

ތޯރިގު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ތިލަފުށީގައި ކުރިއަށްދާ މަޝްރޫއު ތަކުގެ ދުވެލި ހުރީ އިންތިހާއަށް ލަސްކޮށް ކަމަށާއި އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށްދާ ކަމަށެވެ.

މި ނިޒާމުން ދުވާލަކަށް 500 ޓަނުގެ ކުނި އުފެއްދޭއިރު، އަންދާ ކުނިން 13 މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ދިހަ މެގަވޮޓް މާލެ ސަރަހައްދުގެ ގްރިޑަށް އިތުރު ކުރެވި، ބާކީ ތިން މެގަވޮޓް ބޭނުން ކުރާން ނިންމާފައި ވަނީ ތިލަފުށީގައި ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު ވިދާޅުވީ ފޭސް 2 ގެ ކުނިން ހަކަތަ އުފައްދާ މި މަޝްރޫއަށް 145 މިލިއަން ޔޫސްއެއް ޑޮލަރު ހަރަދުވާނެ ކަމަށެވެ.

"މި މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް އިތުރަށް މަސައްކަތް އަވަސް ކުރަން ރައީސް ވަނީ އިރުޝާދު ދެއްވާފައި،" ތޯރިގު ވިދާޅުވި އެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖު ކުރާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑު ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް) ގެ އެހީތެރިކަން ލިބިގެންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy