ުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމާން ވަހީދ --
އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުގެ މަގާމުން ރޭ ވަކި ކުރި މުޙައްމަދު ޝަމްއާން ވަހީދު މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅުވައިގެން ކަމަށެވެ.
މި މައްސަލައިގައި ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އަދާ ކުރާ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ނޫން، އެހެން ސެކްޝަން ތަކެއްގައި މަސައްކަތް ކުރާ މުވައްޒަފުން ތަކެއް އެ މުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ހިފާ ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންގޮސްފައި ވަނީ ގިނަ އަދަދެއްގެ ފައިސާއާ އެކު ކަމަށެވެ.
އަދި، އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާ އެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަން ތަހުގީގަށް އެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އެ ބިދޭސީން ހައްޔަރު ކުރި ގެ ބަލައި ފާސް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފުން، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތީން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި އެ ފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅުއްވާ އިމާރާތަށް ވަދެފައިވާކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅުވައިގެން ކޯޓުގެ އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައި، ފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނު ތަކެއް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ޝަމްއާން ދިރިއުޅުއްވާ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތައް، ހޯދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުންޏެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ބިދޭސީން އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ކުއްލި ގޮތަށް ޝަމްއާން މަގާމުން ވަކި ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. އަދި އޭގެ ފަހުން މާ ގިނައިރުތަކެއް ނުވެ، އެ މަގާމަށް ވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު އައްޔަން ކުރައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް