ސްޓެލްކޯގެ ފައިދާ 137 މިލިއަނަށް، މިއީ ރެކޯޑެއް!

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ -- ފޮޓޯ/ އަވަސް

ގައުމީ ކަރަންޓު ކުންފުނި ސްޓެލްކޯއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 137.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފާއިތުވި ހަތް އަހަރު އެ ކުންފުނީގެ އާމްދަނީ ހުރި ގޮތުގެ ތަފުސީލް ހާމަ ކުރައްވާފަ އެވެ.

އެ ހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި 105 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. 2019 ވަނަ އަހަރު 109 މިލިއަން ލިބިފައިވާއިރު، 2020 ވަނަ އަހަރު ލިބުނީ 130 މިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން 2021 ވަނަ އަހަރުގެ ފައިދާއަށް 104.7 މިލިއަން އަދި 2022 ވަނަ އަހަރު 106.8 މިލިއަން ރުފިޔާގެ ފައިދާ ސްޓެލްކޯއިން ހޯދާފައިވެ އެވެ.

އެކަމަކު، 2023 ވަނަ އަހަރު ސްޓެލްކޯއަށް 171.9 މިލިއަން ރުފިޔާގެ ގެއްލުމެއްވި އެވެ. ނަމަވެސް އެ ގެއްލުމުން އަރައިގަނެ، މިދިޔަ އަހަރު އެ ކުންފުނިން ވަނީ ފައިދާގެ ގޮތުގައި 137.9 މިލިއަން ރުފިޔާ ހޯދާފަ އެވެ.

މި އަދަދަކީ ސްޓެލްކޯގެ ފާއިތުވީ ހަ އަހަރު ދުވަހަށް ބަލާ ނަމަ ރެކޯޑެކެވެ.

އެމްޑީ ފަހުމީ ވިދާޅުވީ މިދިޔަ އަހަރުގެ ޕްރޮފިޓް ރަނގަޅުކޮށް، ގެއްލުމުން އަރައިގަނެވުނީ ކުންފުނީގެ ހިންގުމުގެ ނިޒާމް އިތުރަށް ވަރުގަދަކޮށް، ބޭކާރު ހަރަދުތައް ކުޑަކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

46 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy