ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަތަކާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ)ގެ މައްޗަށް ދައުވާ ކުރާން ސިވިލް ކޯޓަށް ހުށަހަޅައި އެވެ.
ރައީސްގެ އާއިލާގެ ގާނޫނީ ވަކީލު، އާޒިމާ ޝަކޫރުގެ ލޯ ފާމުން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ރައީސް މުޙައްމަދު މުއިއްޒުގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަ ތަކުގެ ސަބަބުން، ދަރިކަލުންގެ ނަފުސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވާ، ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިކޮށްފައިވާ ކަމަށެވެ.
މި ވާހަކަ ތަކުގެ ސަބަބުން ގާނޫނު އަސާސީ އާއި ކުޑަކުދީންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން ކަށަވަރުކޮށްދީފައިވާ ރައްކާތެރި ކަމާއި ކަރާމާތް ދަރިކަލުންގެ ކިބައިން ނަގާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންވެ، ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ނިގުޅައިގެންފައިވާތީ ދަރިކަލުންގެ މަންމަ ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން މަންދީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަދަނީ ކޯޓަށް މައްސަލައެއް ހުށަހަޅާފައި ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް މަންދީއާ ދެކޮޅަށް މެޑަމް ސާޖިދާ ކުރެއްވީ ކޮން ދައުވާއެއް ކަމެއް އެ ބަޔާނުގައި ފާހަގަ ކުރައްވާފައެއްނުވެ އެވެ.
ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކަތައް ކުށްވެރިކޮށް ހިއުމަންރައިޓްސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބަޔާން ނެރެފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް