އެމްޑީޕީއިން ރުހުން ނުދިން ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ދީފި

----

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ރުހުން ނުދިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މިއަދު ވަނީ އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓު އަހާފައެވެ. އެގޮތުން އޭޖީ ކަމަށް އުޝާމަށް ފެންނަ ކަމަށް 87 މެންބަރުން ވޯޓުދެއްވިއެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރު ވޯޓެއް ނުދެއްވައެވެ.

ޝަހީމްއަށް ފެންނަ ކަމަށް ވޯޓު ދެއްވީ 83 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ހައިދަރަށް 81 މެންބަރުން ފެންނަކަމަށް ވޯޓު ދެއްވިއިރު ނުފެންނަ ކަަމަށް ހަތަރު މެންބަރު ވަނީ ވޯޓު ދެއްވައިފައެވެ. އެހެންކަމުން މިއަދުގެ ޖަލްސާގައި އެ ވަޒީރުނަށް ވަނީ ރުހުން ދީފައެވެ.

19 ވަނަ މަޖިލީހުގައި މި ވަޒީރުންނަށް ރުހުން ދިނުމަށް ފޮނުވި ނަމަވެސް އޭރު އެ ތިން ވަޒީރުންނަށް ރުހުންދީފައެއް ނުވެއެވެ. އޭގެ ފަހުން މި ތިން ވަޒީރުން އަލުން މަޤާމަށް އައްޔަން ކުރުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް 19 މަޖިލީހުގެ ދައުރު ނިމިގެންދިޔައިރު ވެސް އެ މަސައްކަތް އޮތީ ނުނިމިއެވެ.

އެހެން ކަމުން 20 ވަނަ މަޖިލީހުން ވަނީ އެ މައްސަލަ ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީއިން އެ ވަޒީރުންގެ މައްސަލައެއްނެތް ކަމަށް ނިންމައި ރުހުން ދިނުމަށް ފާސްކުރިއެވެ. އަދި މަޖިލީހުގެ ތަޅުމަށް ފާސްކުރުމަށް ފޮނުވިއެވެ.

---

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy