ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ވިނަރެސް ފުލެޓުތައް--

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފުލެޓް ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނީ މާދަމާއިން ފަށައިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުވާތީ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރު ކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ވަނީ އެ ލިސްޓަށް މިހާތަނަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ރިއާޔަތްކޮށް، އެކި ފަރާތް ތަކުގެ ކަންބޮޑުވުންތައް އެ މިނިސްޓްރީން ބަލައި ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް 600އަށް ވުރެ، ގިނަ ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

އެގޮތުން މައިގަނޑު ގޮތެއްގައި ހުރި ޝަކުވާ ތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަން އުޅުނު މުއްދަތު ނުގުނުމުން މާލޭގައި ދިރިއުޅޭތާ 15 އަހަރު ނުވާ ކަމަށް ބަލައި ޑިސްކޮށްލިފައި ކޮށްފައިވުން ހިމެނެ އެވެ.

ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅައި ޝަކުވާ ތަކަށް ބަލައި، ސަރުކާރުގެ އިދާރާ ތަކުގައި ހުރި އެ މިނިސްޓްރީ އަށް ޗެކު ކުރެވެން ހުރި މައުލޫމާތު ތަކަށް ރިއާޔަތްކޮށް ޝަރުތު ހަމަވާކަން ސާބިތުވާ ނަމަ، އެ ފަރާތް ތަކަށް ފުލެޓް ލިބޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފައިވެ އެވެ.

ފުލެޓް ލިސްޓާ ގުޅޭ ގޮތުން، ފޯމު ހުށަނާޅާ މީހުންގެ ޝަކުވާއެއް އޮތް ނަމަ ހައުސިން މިނިސްޓްރީގެ މެއިލް، އަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ޝަކުވާ ހުށަހެޅޭނެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy