ގޮވާމުން ޒަކާތް ބަލައިގަތުން ހޮނިހިރު ދުވަހު ފަށަނީ --
ގޮވާމުގެ ބާވަތް ތަކުން ފިތުރު ޒަކާތް ދެއްކުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ނަމަ އަންނަ ހޮނިހިރު ދުވަހުން ފަށައިގެން މި މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުން ކުރާ ބާވަތަކުން ބޮލަކަށް 2.4 ކިލޯ އެވެ.
ގޮވާމުން ޒަކާތް ބަލައިގަންނާނީ މަޖީދިއްޔާ ސުކޫލުގެ ސަލާހުއްދީން ހޯލް (ކުރީގެ ދަރުމަވަންތަ ސުކޫލް ހޯލް) ގަ އެވެ. ޒަކާތް ބަލައިގަންނާތީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު، 1:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮވާމުގެ ބާވަތް ތަކަކީ، އާދައިގެ ހަނޑޫ، ތައިލެންޑު ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަންފުށް، އަދި އާޓާ ފުށެވެ.
ގޮވާމުގެ ބާވަތް ތަކުން ޒަކާތް ދެއްކުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލާއިރު، މި އަހަރުގެ ފިތުރު ފިތުރު ޒަކާތް ދެއްކުމަށް ވަނީ ޕޯޓަލެއް ހަމަޖައްސާފަ އެވެ. އެއީ ބީއެމްއެލް އާއި އެމްއައިބީ އާއި އުރީދޫ އާއި ބަނޑޭރި ޕޯޓަލުގެ އިތުރުން ދިރާގު ފަހި ޕޭ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް