ހޫނު މޫސުމުގެ ޕީކަށް ތައްޔާރުވާން ހުޅުމާލޭގައި ތަރައްގީ ކުރި އައު އިންޖީނުގެ ހުޅުވުން -- ފޮޓޯ/ ސްޓެލްކޯ
މި އަހަރުގެ ޕީކް ހޭންޑްލިން އަށާއި، ގްރޭޓާ މާލޭ ޕަވާ ބެކަޕްގެ ގޮތުގައި ތަރައްގީ ކުރި ސްޓެލްކޯ ހުޅުމާލެ އެނެކްސް-2 އިންޖީނުގެ ހުޅުވައިފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިންޖީނުގެ ރަސްމީކޮށް ހުޅުވީ ސްޓެލްކޯ، އަދި ގައުމީ ދިދަ އިންޖީނުގޭގައި ނެގުމާއެކު އެވެ.
ސްޓެލްކޯގެ ދިދަ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ނަންގަވައި ދެއްވިއިރު، ދިވެހި ދިދަ ނަންގަވައި ދެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު މުޒްނާ އެވެ. މި ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ އެ އިންޖީނުގޭގައި މިހާރު ނިމިފައިވާ ޖަނަރޭޓަރު ތަކުގެ ތެރެއިން ޖަނަރޭޓަރެއް ސްޓާޓު ކޮށްދެއްވާފަ އެވެ.
ސްޓެލްކޯއިން ބުނީ މި އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއާއެކު، ގްރޭޓާ މާލޭ ގްރިޑްގެ ޔަގީންކަން އިތުރަށް ކަށަވަރު ކުރެވި، ޖަނަރޭޓަރުގެ ކެޕޭސިޓީ ނެތިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ދީފައިވެ އެވެ.
މި ރޯދަމަސް ނިމުމުގެ ކުރިން އަދި އިތުރު ފަސް ޖަނަރޭޓަރު ސެޓް ގެނެސް ކޮމިޝަންކޮށް، ނިންމުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ އެއާއެކު ހުޅުމާލެ އިންޖީނުގެ އެނެކްސް–2 ގެ އިންސްޓޯލްޑް ކެޕޭސިޓީ 19.2 މެގަވޮޓަށް އަރާނެ ކަމަށެވެ.
އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑީ ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ގައުމީ ހިދުމަތުގައި ފަސް ނުޖެހި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އަދި އެ ކަމަށް ޓަކައި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ސްޓެލްކޯ އަބަދުވެސް ކުރިއަށް ކަރަންޓު ބޭނުންވާނެ މިންވަރު ހިސާބު ކުރަން، އެހެންކަމުން އަޅުގަނޑުމެން ހިދުމަތްދޭ އެއްވެސް ދާއިރާ އަކަށް ކެޕެސިޓީ ނެތިގެން ކަރަންޓު ކަނޑާލަން ނުޖެހޭނެ،" ފަހުމީ ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސްޓެލްކޯގެ އިސްވެރީން ބައިވެރިވެލެއްވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް