ރައީސްގެ ދެ ކަނބަލުންނާއި ދެ ދަރީން --
އިދިކޮޅު އެމްޑީޕީން ކުރަމުން އަންނަ މުޒާހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަ ދެއްކި މައްސަލަ އެ މަނިކުފާނުގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހަޅަން ނިންމަވައިފި އެވެ.
އެމްޑީޕީގެ މުޒާހަރާހައި ރައީސް މުއިއްޒުގެ ދަރިކަލަކަށް އަމާޒުކޮށް ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ.
މިމައްސަލައިގައި އެމަނިކުފާނުގެ އާއިލާގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތުން ނެރުއްވި ބަޔާނުގައި ވަނީ، ރައީސްގެ 16 އަހަރުގެ ދަރިފުޅު އުމައިރު މުޙައްމަދު މުއިއްޒަށް ނިސްބަތްކޮށް އެ މުޒާހަރާގައި ދެއްކި ވާހަކަތައް ދޮގު ކުރައްވާފަ އެވެ. ބަޔާނުގައި ބުނީ އުމައިރުއަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ވަރަކަށް ކުރާ ނުވަތަ ކޮށްފައިވާ ކުއްޖެއް ނޫންކަން ވަރަށް ސާބިތުކަމާއެކު ދަންނަވާ ކަމަށެވެ.
ސާޖިދާގެ ބަޔާނުގައިވާ ގޮތުން ދަރިކަލުންނާމެދު ފަތުރާ ވާހަކަތަކުގެ ސަބަބުން އޭނާގެ ކުރިމަގަށް ހުރަސްއެޅުމުގެ ފުރުސަތު އެބައޮތެވެ. އަދި، އެ ކަމަނާއާއި، ރައީސަށް ކުރިމަތިވާ ފުރައްސާރައަށް މިހާތަނަށް އެއްވެސް ރައްދެއް ދެއްވާފައިނުވާނެ ކަން ފާހަގަ ކުރައްވަމުން އެ ބަޔާނުގައި ވިދާޅުވީ އެކަމަނާގެ ދަރިންނަށް ފުރައްސާރައާ ކުރިމަތިވާން ފެށުމުން މަންމައެއްގެ ހައިސިއްޔަތުން ބައެއް ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.
މިއަދުގެ ނޫސްވެރީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެ މައްސަލައިގައި ރައީސްގެ އާއިލާގެ ފަރާތުން ޝަރީއަތަށް ހުށަހަޅަން ނިންމާފައިވަނީ މަދަނީ މައްސަލަތަކެއް ކަމަށެވެ.
އެގޮތުން އިހުތިޖާޖުގައި ވާހަކަދެއްކި މަންދީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، އެމްޑީޕީގެ މައްސަލަ ހުށަހެޅުމަށް މިހާތަނަށް ނިންމާފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އާޒިމާ ވިދާޅުވީ އެމްޑީޕީއަށް ދައުވާ ކުރަނީ އެ ޕާޓީން އެ އެއްވުމުގެ ޒިންމާ ނަގާފައިވާތީ ކަމަށެވެ. އަދި ފައްޔާޒަށް ދައުވާ ކުރަނީ އެކަމާ ގުޅިގެން ކުރެއްވި ޓުވީޓަކާ ގުޅުވައިގެން ކަމަށެވެ. އަދި އެ ވާހަކަ ތަކަކީ ކުޑަކުދީން ރައްކާތެރިކުރުމަށް ޓަކައި ރާއްޖޭގައި ހަދާފައިވާ ގާނޫނު ތަކާއި، ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް