ސްޓެލްކޯއިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި

ސްޓެލްކޯއިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވުން --

ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން މި އަހަރު ހައްޖާއި އުމްރާއަށް ފޮނުވާ މުވައްޒަފުން ހޮވައިފި އެވެ.

ގައުމީ ކަރަންޓު ކުންފުނި ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ހައްޖާއި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމުގެ ފުރުސަތަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ހަމަވާ މުވައްޒަފުންގެ މެދުގައި ގުރުއަތު ލުން ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެ ގޮތުން، މި އަހަރު ވެސް ހައްޖުގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު، އަދި އުމްރާގެ އަޅުކަމަށް ދެ ފިރިހެން މުވައްޒަފުންނާއި އެއް އަންހެން މުވައްޒަފަކު ގުތުއަތުން ހޮވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ ހައްޖަށް ދާން (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދި ހުށަހެޅި 102 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 84 މުވައްޒަފެކެވެ. އަދި އުމްރާގެ އަޅުކަން އަދާ ކުރުމަށް 218 ފަރާތަކުން ހުށަހެޅި އިރު، ޝަރުތު ހަމަވެފައި ވަނީ 215 މުވައްޒަފުންނެވެ.

ސްޓެލްކޯއިން ދެމުން އަންނަ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށް ވުރެ، ގިނަ ދުވަހު ހިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ، ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެ ކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy