ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ހަފުލާއެއް ބާއްވަނީ

ގުރުއާން ހިތުދަސްކުރި ދަރިވަރަކަށް ރައީސް ލިޔުން ހަވާލުކުރައްވަނީ --

ރާއްޖޭގައި ކީރިތި ގުރުއާން ހިތުދަސް ކުރާ ފަރާތްކަށް ހާފިޒު ކަމުގެ ސަނަދު ދިނުމަށް ބޮޑު ހަފުލާއެއް މި ރޯދަ މަހު ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ ހާފިޒުން ދަސްވެނިވުމަށް ބާއްވާ ތާރީހީ ފުރަތަމަ ހާއްސަ ހަފްލާ މި ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވާ ގޮތަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަމަށް ހާއްސަކޮށް ބާއްވާ މިފަދަ ފުރަތަމަ ހަފްލާ އެވެ.

މި ހަފްލާގައި 20-25 އާ ދެމެދު އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިކަމަށް ހާއްސަކޮށް ބޭއްވޭ މިފަދަ ފުރަތަމަ ހަފްލާ،" އެމަނިކުފާނު ވިދާޅުވި އެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފައުޅު ކުރުމަށް މިދިޔަ އަހަރު އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވެސް ޝަހީމް ވަނީ ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހު ދެން ބާއްވާނީ ބޮޑު ހަފުލާއެއްގެ ގޮތުގައި ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

47 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy