ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު --
"ގެދޮރުވެރިޔާ" ސުކީމުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުން، ވަކި ބަޔަކަށް ދިނުމަށް ފުލެޓުތަކެއް ހުސްކުރި ކަމަށް ބުނާ ވާހަކަ ހައުސިން މިނިސްޓްރީން ދޮގުކޮށްފިއެވެ.
މި ސަރުކާރުން އަލުން ރިވިއުކޮށް މިދިޔަ ފެބުރުއަރީ 27 ވަނަ ދުވަހު ނެރުނު ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހެކެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީން 4،939 ފަރާތެއްގެ ފޯމް އަލުން ބެލި ކަމަށެވެ. އޭގެ ތެރެއިން ދެބައިކުޅަށް އެއްބަޔަށް ވުރެ ގިނަ ފޯމަށް ދީފައިވާ ޕޮއިންޓް ސައްހަ ނޫންކަން އެނގިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޗެއާ ޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ކުރީ ސަރުކާރުން ނެރެފައިވާ ލިސްޓުގައި ހިމެނޭ މީހުންގެ ޝަރުތު ހަމަވޭތޯ ބެލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ލިސްޓުގެ ބޭރުން 577 މީހެއްގެ މައުލޫމާތު އަލުން ރިވިއުކޮށް އެ މީހުންނަށް ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެއީ 4000 މީހުންގެ ލިސްޓުގައި ނުވެސް ނެތް މީހުންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ތުހުމަތުތަކާ ގުޅުވައިގެން ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުލެޓު ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަށްފަހު ދީފައިވާ ލަފަޔާ އެއްގޮތަށް އޭގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ.
އެގޮތުން ލިސްޓުގައި ހިމެނޭނީ، 15 ނޮވެމްބަރު 2023 ވަނަ ދުވަހު އިއުލާންކުރި ލިސްޓުގައި ބަޔާންކޮށްފައިވާ ފަދައިން ތިން ކޮޓަރީގެ ފުލެޓަށް އެދި ފޯމު ލީ ފަރާތް ތަކުގެ ތެރެއިން 76 ޕޮއިންޓް ލިބި ފުލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 73 ޕޮއިންޓް ލިބި ފުލެޓު ލިބޭނެ ކަމަށް އިއުލާނުކޮށްފައިވާ ފަރާތް ތަކާއި 75 ޕޮއިންޓު ލިބި ފުލެޓު ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ފަރާތްތަކާއި ދެ ކޮޓަރި ފުލެޓަށް އެދި ފޯމުލީ ފަރާތް ތަކުގެ ތެރެއިން 73 ޕޮއިންޓު ލިބި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތައް ކަމަށް މިނިސްޓްރީން ބުނެއެވެ.
"އެ ނޫން އެއްވެސް ފަރާތެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކު ކޮށްފައެއް ނުވާނެ، އަދި ފުލެޓް ދިނުމުގައި އަމަލު ކުރާނެ އާ އުސޫލެއް ވެސް އެކަށައަޅާފައެއް ނުވާނެ، މިކަމުގައި އަމަލު ކޮށްފައި ވާނީ ލިޔެ، ރަސްމީކޮށް އިއުލާނުކޮށް ޝާއިއު ކޮށްފައިވާ އުސޫލުގައި ބަޔާން ކޮށްފައިވާ ގޮތަށް ފޯމުތައް އިވެލުއޭޓް ކުރުމަށް ކުރީގެ ސަރުކާރުން އެކަށައެޅި ގެދޮރުވެރީން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާ ގޮތަށް،" މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނީ ފުލެޓު ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފުލެޓު، މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ. އަދި އެ ފަރާތް ތަކުން ހުށަހަޅައި ޝަކުވާތައް ބެލުމަށްފަހު، ނޫނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ފުލެޓެއް އެހެން ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ކަމަށެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް