މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ސިޓީސް މިނިސްޓްރީން ފަށުން —
ވާރޭ ވެހިއްޖެ ނަމަ މާލޭގައި، ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް މާލޭގެ މަގުތަކުގެ ކާނުތައް ސާފު ކުރުމުގެ މަސައްކަތް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފި އެވެ. މި ހަރަކާތް ފެށުނީ މިއަދު ހެނދުނު 9.30 ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިންނެވެ.
މި ހަރަކާތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ވަޒީރު އާދަމް ޝަރީފު އުމަރު އެ ސަރަހައްދަށް ވަނީ މިއަދު ވަޑައިގެންފަ އެވެ.
ސިޓީސް މިނިސްޓްރީން ބުނީ މިއީ މާލޭގެ ހުރިހައި މަގެއްގެ ކާނުތައް ސާފު ކުރުމަށް އެ މިނިސްޓްރީން ހިންގާ ވަރަށް މުހިންމު ހަރަކާތެއް ކަމަށެވެ. އެއީ ވާރޭވެހޭ ކޮންމެ ފަހަރަކު މާލޭގެ މަގުތަކުގައި ފެންބޮޑުވެ އާންމު ރައްޔިތުންނަށް އެ ކަމުގެ އުނދަގޫ ޖެހޭތީ، ސިފައިންނާއި ފުލުހުން އަދި މިނިސްޓްރީން ނުކުމެ މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ދޭތެރެދޭ ތެރެއިން ކުރަންޖެހޭތީ ކަމަށެވެ.
މިއަދު މިނިސްޓްރީން ފެށި އެ މަސައްކަތަކީ ވާރޭވެހުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ބޮޑަށް ކުޑަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތީން އެ މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް