އެންމެބޮޑު އެއް ފާފައަކީ ދޮގުހެދުމާއި، މީހުންގެ އަބުރަށް އަރައިގަތުން: ހުތުބާ

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ސަން ފޮޓޯ

މިއަދު މާބޮޑު ކަމެއްގެ ގޮތުގައި ނުދެކި އަހަރެމެންނަށް އަރައިގަނެވޭ އެންމެބޮޑު އެއް ފާފައަކީ ދެބައޮޑުވުމާއި ގީބަ ބުނުމާއި ދޮގު ވާހަކަ ތަކާއި ހަޑިހުތުރު ބަސް ތަކުން މީސްތަކުންގެ އަބުރަށް އަރައިގަނެ, އުނދަގޫ ކުރުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މައުލޫއަކީ "ރޯދައިގެ ހިކުމަތް" މިއެވެ.

ހުތުބާގައި ބުނީ ހާއްސަކޮށް މީސް މީޑިޔާގެ މަންސަ ތަކުގައި އަހަރެމެން މިއަދު މި ކަންކަން ކުރަނީ ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ޖެހިލުމެއްނެތި ކަމަށެވެ. އަދި މިއީ މާތް ﷲ ހަރާމް ކުރައްވައިފައިވާ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

ރޯދައިގެ ހިކުމަތް ތަކުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ، ޝައިތާނާ ނިކަމެތިކޮށް ބަލިކަށި ކޮށްލުން ކަމަށާއި ނަތީޖާއެއްގެ ގޮތުން، ޝައިތާނާގެ ވަސްވާސްތަކާ މީހާ ދުރުކޮށްދޭ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި އެއީ ހެޔޮ އަމަލު ތަކުގައި، މީހާ މަސްއޫލު ކުރުވައި ނުބައި އަމަލުތަކާ އޭނާ ދުރުހެލި ކުރުވައި ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ރޯދައިގެ ހިކުމަތް ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ، ސިއްރާއި ފާޅުގައި، ތިމާ ކުރާ އަމަލުތައް މާތް ﷲ ބައްލަވައިވޮޑިގެންވާކަން ދަނެ، ތިމާގެ ނަފުސު ތަހުޒީބު ކުރުން ކަން ފާހަގަކޮށް ހުތުބާގައި ބުނީ ރޯދައަކީ، ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ސިއްރެއް ކަމަށެވެ.

ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައް ތަކުން ދުރުހެލިވެ ހުންނަނީ، މާތް ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށް ކަމަށާއި އެހެނީ ރޯދައަށް ހުރެ ސިއްރިޔާތުގައި ކައިބޮއި އުޅުނަސް، މީހަކަށް އެ ކަމެއް ނޭނގޭނެ ކަމަށާއި ރޯދަވެރިޔާއަށް އޭގެ މިންވަރު ނޭނގޭ ގިނަގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވައުދުވެވޮޑިގެންފައި ވަނީ، މި އަޅުކަމުގައި ހުރި އިހުލާސްތެރި ކަމުގެ ބޮޑުކަމުން ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރޯދައިގެ ހިކުމަތަކީ، މާތް ﷲއަށް ބިރުވެތިވެ، ތަގުވާވެރިވުން ކަމަށެވެ. އަދި ކުރާން އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފުސު ސަލާމަތް ކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއް ކަމަށް ވެސް މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

40 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy