ފިޝަރީޒް ކޮލެޖަށް އަންނަ މަހު ޑީންއެއް ހަމަޖައްސަނީ

---

ރާއްޖޭގައި ގާއިމު ކުރަން ނިންމާފައިވާ ފިޝަރީޒް ކޮލެޖަށް އަންނަ މަހުގެ ތެރޭގައި ޑީންއެއް ހަމަޖައްސައި އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި ކޯސްތައް ފަށަން ތައްޔާރީތައްވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީ އާއި އެމްއެންޔޫ ގުޅިގެން ފިޝަރީޒް ކޮލެޖް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ގަ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހުމަދު ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ވިދާޅުވީ ފިޝަރީޒް ކޮލެޖްގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުވިކޮށް މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ޖުލައި މަހު ކޮލެޖަށް ޑީންއެއް އައްޔަންކޮށް ކޮލެޖްގެ ރަސްމީ މަސައްކަތް ފެށުމަށް،" އޭނަ ވިދާޅުވި އެވެ. "އެގޮތުން ކުރިއަށް އޮތް [އޮގަސްޓް] އެމްއެންޔޫގެ އިންޓޭކްގައި މި ކޮލެޖްގައި ޑިގްރީ ފެންވަރަށް ޕްރޮގްރާމްތައް މަސްވެރިކަމުގެ އެކި ދާއިރާތަކުން ފެށުމަށް ދަނީ މަސައްކަތްކުރަމުން."

އެމްއެންޔޫ އިން ބުނީ ކޮލެޖްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، ކޯސްތައް ފަރުމާކޮށް ނިމިފައިވާ ކަމަށެވެ. އަދި އެ ކޯސްތައް ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ފޮނުވާފައިވާ ކަމަށް ވެސް ޔުނިވަސިޓީން ބުންޏެވެ.

ފިޝަރީޒް ކޮލެޖްގެ ބޭނުމަކީ މަސްވެރިކަމުގެ ސިނާއަތަކީ ކިޔަވައިގެން ތިބި ތަޢުލީމީ މީހުން ޙަރަކާތްތެރިވާ ސިނާޢަތަކަށް ހެދުމެވެ. ކަމަށެވެ.

މަސްވެރިކަމުގެ ދާއިރާ އިން ތައުލީމީ މީހުން ބިނާކުރުމަށް ކޮލެޖެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

---

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

51 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy