އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް --
ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމަށް ކުރިއަށް ގެންދާ އިހުޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އޮންނާނެ ކަމަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިވެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިރޭގެ ފޯރަމްގައި "ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން" މި މައުލޫއަށް ތަގުރީރު ކުރައްވާނީ މިނިސްޓަރު ޝަހީމް އަލީ ސައީދު ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ މި އިހުޔާ ފޯރަމް ފެށުން ހަމަޖައްސާފައިވަނީ ރޭގަނޑު 21:30ގަ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އިހުޔާ ފޯރަމަށް ހާޒިރުވާ ފަރާތް ތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ހާއްސަ އިނާމު ތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ރަމަޟާން މަހު މާލޭގައި 8 އިހުޔާ ފޯރަމް، އަދި އަތޮޅުތެރޭގެ 7 ރަށެއްގައި އިހުޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި އަހަރުގެ ފޯރަމްގައި މާލޭގައި ތަގުރީރު ކުރައްވާނީ ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން، ޝައިހު އަހުމަދު ސަމީރު އިބްރާހީމް، ޝައިހު މުޙައްމަދު ގުބާދު އަބޫބަކުރު، ޝައިހު މުޙައްމަދު ލަތީފު، ޑރ. މޫސާ އަންވަރު ހަސަން، ޑރ. އަނާރާ ނައީމްގެ އިތުރުން ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ފޯރަމް ތަކުގައި ތަގުރީރު ކުރައްވާނީ ޝައިހް އަބްދުﷲ ސައުދާން، ޝައިހް މުޙައްމަދު ފިރުޒުލް އަބްދުﷲ ހަލީލް، ޝައިހް އަލީ ޝަހީދު، ޝައިހް ނިމާލު މުޙައްމަދު، އުސްތާޒު އުސާމް މުޙައްމަދު ސައީދު، ޝައިހް އާޒިމް ހާލިދުގެ އިތުރުން ޝައިހް އިމްތިތާއު އައްބާސް އެވެ.
މީގެ އިތުރުން ހަ ސުކޫލަކާއެކު ދަރިވަރުންގެ އިހުޔާ ފޯރަމް ވެސް މި އަހަރު އޮންނާނެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް