އޭޕްރީލް މަހު ފޮނުވާ ބިލުތަކަށް ރޯދަ ޑިސްކައުންޓް ދޭނެ: އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީ

އޭޕްރީލްމަހު ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ބިލުތައް އާންމު މަހަކަށް ވުރެ، ބޮޑު ނުވާނޭ ގޮތުގެ މަތީން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ރޯދަ މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ރައީސްގެ އެ ނިންމެވުމާ ގުޅުވައިގެން އެމްޑަބްލިޔުއެސްސީން މިއަދު ވަނީ ރޯދަ މަހުގެ ފެންބިލުން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ގޮތުގެ އުސޫލު އާންމު ކޮށްފަ އެވެ.

އެ އުސޫލުގައިވާ ގޮތުން އާންމު މަހެއްގައި ފެނާއި ކަރަންޓު ބިލުގެ މިންވަރު ކަމުގައި ބަލާނީ މިދިޔަ އަހަރުގެ ފެބުރުއަރީ، މާޗު އަދި އޭޕްރީލް މަސް ނުހިމަނާ، އެ އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރެޖެވެ.

ފެން ކުންފުނިން ބުނީ ބިލުން އުނިކޮށްދެވޭ މިންވަރަކީ އޭޕްރިލް މަހުގެ ބިލުގެ 10 ޕަސެންޓަށް ވުރެ، ކުޑަ މިންވަރެއް ކަމުގައިވާ ނަމަ، އެއާ އެއްވަރަށް މަތިކޮށްދޭނެ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ބިލު، "އާންމު މަހަށް" ވުރެ ކުޑަ ނަމަ، 10 ޕަސެންޓު ޑިސްކައުންޓު ދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އޭޕްރިލް މަހު އަލަށް ބިލު ކުރެވޭ މީޓަރު ތަކަށާއި، ކުރީން ރަޖިސްޓްރީ ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ބިލު ކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފުރަތަމަ ފޮނުވާ ބިލަކީ އޭޕްރިލް މަހު ފޮނުވާ ބިލު ކަމުގައިވާ ނަމަ، އެ ފަރާތް ތަކަށް ވެސް 10 ޕަސެންޓު ޑިސްކައުންޓު ދޭނެ އެވެ.

މިކަމާބެހޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރާން ބޭނުންވާ ފަރާތް ތަކުން އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅައިގެން ނުވަތަ 1050އަށް އެސްއެމްއެސް ފޮނުވައިގެން ނޫނީ އީމެއިލް މެދުވެރިކޮށް، އެހީތެރިކަން ހޯދޭނެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy