ފުލެޓް ލިސްޓަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް ވިދާޅުވި --
މިއަދު ސަރުކާރުން އިއުލާންކުރި ފުލެޓް ލިސްޓު އެކުލަވައިލުމުގައި ޒައްރެއްގެ މިންވަރެއްގެ ނުފޫޒެއްވެސް ފޯރުވާފައި ނޯންނާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި ޔަގީންކަން ދެއްވާފައި ވަނީ، އިއްޒުއްދީން ފާލަން އަލުން ތަރައްގީކޮށް އިފުތިތާހު ކުރުމަށް ފަހު މިރޭ، ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިއަދު އިއުލާން ކުރެއްވި ލިސްޓު އާންމުކޮށްފައި އެވަނީ، މިދިޔަ ސަރުކާރުން އިއުލާން ކުރި ލިސްޓުގައި ހުރި މައްސަލަތައް އޭސީސީއިން ބަލައި، އެ ސަރުކާރުން އިއުލާން ކުރި ޝަރުތު ތަކަށް ޕޮއިންޓްދޭން ކަނޑައަޅާފައިވާ އުސޫލަށް ބައްލަވައިގެން ކަމަށެވެ. އަދި ލިސްޓުން ބަޔަކު އުނިވެފައިވާ ނަމަ، އެ އުނިވީ ސަބަބުތައްވެސް އެނގޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ ޔަގީނުންވެސް ގަސްދުގައި އެއްވެސް މީހަކު ލިސްޓުން އުނިކޮށްފައި ނުވާނޭ ކަމަށާއި، މި ސަރުކާރަކީ، ރައްޔިތުންނަށް ކަންކަން ފުރިހަމަކޮށް ދިނުމުގައި އިންތިހާއަށް ޝައުގުވެރިކަންހުރެ، ހަމަހަމަކަމާއި ލޯތްބާއި އަދުލުވެރިކަމާއެކު ހިދުމަތް ކުރަން އައި ސަރުކާރެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ އެ މަނިކުފާނަށް ގެދޮރުވެރި ކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވަން ފެއްޓެވީއްސުރެ، ނުފޫޒެއް ނުފޯރުވާ، ގެދޮރު ލިބޭނޭ މީހުންގެ ލިސްޓެއް ނެރުއްވި ފުރަތަމަ ފަހަރު ކަމަށެވެ.
އަދި އެކި ސަބަބުތަކާ ހުރެ ލިސްޓަށް ނޭރި ރައްޔިތުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކަނޑައެޅިފައިވާ އުސޫލުން ޝަކުވާ ހުށަހެޅުއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
ޝަކުވާގެ މުއްދަތު ހަމަވެ، މައްސަލަތައް ބަލައި، ހައްގުވެރީންނަށް ފްލެޓް އެކަށަ އެޅުމަށްފަހު، ބާކީ ފުލެޓް ހުރި ނަމަ، އެ ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން މިންގަނޑު ތަކަށް ބެލުމަށްފަހު، ޕޮއިންޓް ލިބޭ ތަރުތީބުން ފުލެޓް ހަމަޖެހިގެންދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ލިސްޓުގައި ނުހިމެނުނު ނަމަވެސް، މާލޭ ސަރަހައްދުގައި ހިންގައި ގެދޮރުވެރި ކަމުގެ ބިޔަ މަޝްރޫއު ތަކުގެ ތެރެއިން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިވެގެންދާނޭ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް