ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --ފޮޓޯ/ އެމްޓީސީސީ
ރ. ފައިނުގައި އެއާޕޯޓު އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު ކުރިއަށް ގެންދަން އެމްޓީސީސީއާ ހަވާލު ކުރި ކަމުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދެވެ.
އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީ އެވެ.
މި އެއްބަސްވުމުގެ ދަށުން ފައިނު އެއާޕޯޓު، އަޅާން ބޭނުންވާ ފީސިބިލިޓީ ދިރާސާ ތަކާއި، އެންވަޔަންމެންޓު އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގެ އިތުރުން ޑިޒައިން މަސައްކަތް ކުރާނެ އެވެ.
ފައިނު އެއާޕޯޓެއް އަޅައިދިނުމަކީ ރިޔާސީ ކެމްޕޭންގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.
އޭރު އެމަނިކުފާނު ވިދާޅުވީ ފައިނުގައި އެއާޕޯޓެއް އެޅުމަކީ އެ ރަށާއި އެ ސަރަހައްދުގެ އިގުތިސާދީ ކުރިއެރުމަށް އޮތް ފުރުސަތެއް ކަމަށެވެ.
މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރެވޭ އިންވެސްޓްމަންޓަކަށް ވާނެ ކަމަށާއި އަދި އެ އާޕޯޓުން އިތުރު ވަޒީފާތައް އުފެދުމާއެކު އެ ސަރަހައްދަށް ގިނަ ރިސޯޓުތައް އައުމުގެ މަގުފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް