ނޫރުލް އަޛާން ބަންގި މުބާރާތް މިރޭ ފަށަނީ

ނޫރުލް އަޛާން ބަންގި މުބާރާތް މިރޭ ފަށާނެ —

އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ނޫރުލް އަޛާން ބަންގި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ ބުރު މިރޭ ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

މުޅިއެކު 10 ބައިވެރީންނާއެކު ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރު ކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ ހަ ބައިވެރީންނެވެ. ފައިނަލް ބުރުގައި ވާދަކުރާ ހަ ބައިވެރީންގެ ތެރެއިން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މިނިސްޓްރީން ބުނީ މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރީން ހޮވާފައި ވަނީ އެ ކަމަށް ބޭއްވި އޮޑިޝަންއަކުން ކަމަށާއި އެ އޮޑިޝަންގައި 20 ބައިވެރީން ވާދަކޮށްފައިވާ ކަމަށެވެ.

ސަރުކާރުން މި ފަދަ މުހިއްމު މުބާރާތެއް އިންތިޒާމް ކުރުމުގެ މަގުސަދަކީ ރީތި ރާގު ތަކަށް ސައްހަ މަގުން ހުނަރުވެރި ކަމާއެކު ބަންގިދޭ ޒުވާނުން ތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތް ތަކުގައި އެ ކަމަށް ޝައުގުވެރިކަން އުފެއްދުމާއި ގައުމުގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުމާއެކު ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވައިލުމެވެ.

އޭގެ އިތުރުން މި ފަންނުގެ ރޫހު އާލާ ކުރުމާއި ދިރުވުމާއި ކުރިއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅޭ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި މާލެ އާއި މުޅި ރާއްޖޭގެ މުސްތަގުބަލުގެ އިސްލާމީ ޝަހުސިއްޔަތު ވަރުގަދަ ކުރުން ވެސް ހިމެނެ އެވެ.

މި މުބާރާތުން ވަނަ ތަކަށް އަންނަ ބައިވެރީންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތް ތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

26 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy