ހޫނު ގަދަ ކަމުން ދެން މަސްދަޅު ކޭސް ބަހާނީ ރޭގަނޑު

މަސްދަޅު ހޯދަން ގޮސް ތިބި މީހުންގެ ދިގު ކިޔު -- މިހާރު ފޮޓޯ

ހޫނު ގަދަ ކަމުން މަސްދަޅު ކޭސް ބެހުން، ދެން ކުރިއަށް ގެންދާނީ ހަމައެކަނި ރޭގަނޑު ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް، މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ ކަމަށެވެ. އަދި މިއަދުން ފަށައިގެން މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނީ ރޭގަނޑު 8.00 އިން 12.00 އަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރޯދަ މަހު ކޮންމެ ގޭބިސީއަކަށް، ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ދޫކުރާ ތަންނަން:

1. މިފްކޯ ކޮމްޕްލެކްސް (މާފަންނު)

2. އެމްޓީސީސީ ސޯމިލް

3. ހެންވޭރު ދަނޑު

4. ގަލޮޅު ދަނޑު – ސެޓަޕް 1

5. ގަލޮޅު ދަނޑު – ސެޓަޕް 2

6. ގަލޮޅު ދަނޑު – ސެޓަޕް 3

7. ގަލޮޅު ދަނޑު – ސެޓަޕް 4

8. ސޯޝަލް ސެންޓަރު

9. ވިލިމާލެ – ވެމްކޯ ސައިޓް

10. ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިން

11. ހުޅުމާލެ – ޕޮލްކޯ ޓަވަރު (ސީ ބްލޮކް)

12. ހުޅުމާލެ – ހިޔާ ޓަވަރު 10

13. ހުޅުމާލެ – ކާމިލްދީދީ ޕްރީ ސުކޫލު

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރާން ފެށީ މި ދިޔަ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގަ އެވެ. އެރޭ އެކަން ފެށުމާއެކު ސަރަހައްދު ތަކުގައި ދަމާލި ދިގު ކިއުގައި ތިބި ބައެއް މީހުންނަށް މަސްދަޅު ލިބުނީ މެންދަމުންއަލިވެ، ތިނެއްވެސް ޖެހި ފަހުންނެވެ.

ސަރުކާރުން ނިންމާފައިވަނީ މާލޭގެ ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބެންދެން މި މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy