ފޮރިން މިނިސްޓަރު ހަލީލް ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރެއްވުން --
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރީނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު ހަލީލް، ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރުގެ އަރިހަށް މިއަދު ވަނީ އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.
މިއަދުގެ ބައްދަލު ކުރެއްވުމުގައި ހަލީލް ވަނީ ލަންކާއިން ރާއްޖެއަށް އެކި ދާއިރާ ތަކުން ދެމުން އަންނަ އެއްބާރުލުން ފާހަގަ ކުރައްވައި ހާއްސަކޮށް މީހުން ބިނާ ކުރުމަށް އެ ގައުމުން ފޯރުކޮށްދޭ އެހީތެރި ކަމަށް ޓަކައި ޝުކުރު އަދާ ކުރައްވައިފަ އެވެ.
އޭގެ އިތުރުން ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އެ ގައުމުން ދެމުން އަންނަ އެހީތެރިކަމަށް ޓަކައި ވެސް މިނިސްޓަރު ޝުކުރު އަދާ ކުރެއްވި އެވެ.
މި ބައްދަލު ކުރެއްވުމުގައި ލަންކާގެ ބޮޑުވަޒީރު ވަނީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް އޮފް ސްރީ ލަންކާ، މިނިސްޓަރު ވިޖިތާ ހެރަތާ ވެސް ބައްދަލު ކުރައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް