ވާހަކަ: ކާއިނާތު (ހަތްވަނަ ބައި)

—-

)ސަމާލު: މި ވާހަކައިގައި 18 އަހަރުން ދަށުގެ ކުދިންނާއި، އާއިލާގެ މެންބަރުންނާއި އެކު ކިޔަން ނުވަތަ އަޑުއަހާލުމަށް އެކަށީގެން ނުވާ ބަސްތައް ހުރެދާނެއެވެ.)

ހިތް އެދޭހާ ގޮތަކަށް ކަންތައްތައް ނުވާނެކަން އޭނާއަށް އެނގެއެވެ. އެފަދަ ދުވަހަކަށް އުންމީދުކޮށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެވެ. އޭނަ ބޭނުންވާ ކަހަލަ މީހަކަށް އިރުފާން ވޭތޯ އޭނަ މަސައްކަތް ކުރާނެއެވެ.

ޝަރާ ބުނި މާފިހާރަ ކައިރިޔަށް އައިސް ޒައިބާ އާއި ކާއިނާތު އެކަކު އަނެކަކަށް ބަލާލިއެވެ. ބަންދު ބޯޑު އަޅުވާފަ ހުރުމުން ނެވެ. އެކަމަކު ވެސް އެތެރޭގައި ފިހާރަ ގައި އުޅޭ ކުދިން ތިބުމުން ކާއިނާތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމުގެ ހުއްދަ ހޯދާފައި ފިހާރަ ތެރެއަށް ވަނެވެ. ފަހަތުން ޒައިބާ ވަނެވެ. ކާއިނާތު މާފިހާރަ އަށް ވަށައިގެން ބަލާލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ލިލީ ތަކާއި ދިމާއަށް ދިޔައެވެ. ކައުންޓަރު ގައި ހުރި ކުއްޖާ ކާއިނާތުގެ ހަރަކާތް ތަކަށް ބަލަމުން ދިޔައެވެ. ޒައިބާ އެއްވެސް ޝައުގެއްނެތި ފިހާރަ ތެރެއަށް ބަލާލިއެވެ. ކާއިނާތު ލިލީ ތަކުގައި ލޯބިން ފިރުމާލިއެވެ.

​"މައި ފޭވްރިޓް."ކާއިނާތަށް އުފާވެރި ރާގެއްގައި ބުނެލެވުނެވެ.

​"އެސްކިއުޒްމީ.... "ކައުންޓަރުގައި އިން ކުއްޖާ ކާއިނާތު ގެ ކައިރީގައި މަޑުކޮށް ލަމުން އޭނަގެ ސަމާލުކަން އެކުއްޖާ އަށް ގެނުވިއެވެ.

​"ކީކޭ، އަތްލުން މަނާތަ؟"ކާއިނާތު ލަދުގަނެފައި ހުރިގޮތަކަށް އަހާލިއެވެ.

​"ނޫން މަނައެއް ނޫން." ކުއްޖާ އަތުގައި އޮތް ލިލީ ބޮކޭ އެއް ކާއިނާތަށް ދިކޮށްލިއެވެ. ކާއިނާތު ޙައިރާން ކަމާއި އެކީގައި ކުއްޖާ އަށް ބަލާލިއެވެ. ޒައިބާ ވެސް ކާއިނާތު މެންނާ ދިމާއަށް ދިޔައެވެ.

​"މިއީ ތިބޭފުޅާ އަށް އޮތް ހަދިޔާ އެއް." ބުކޭ ދިއްކޮށް ލަމުން ކުއްޖާ ކާއިނާތަށް ބުންޏެވެ.

​"ހަދިޔާ އެކޭ ކާކުދިން؟"ކާއިނާތު ސުވާލު ކޮށްލިއެވެ.

​"އެބޭފުޅާގެ ނަމެއް ނޭނގޭ، މިއީ ތިބޭފުޅާގެ އެނިވަރސަރީ އެހެން ނޫންތޯ."ކުއްޖާ ކުރިޔަށް ބުކޭ ދިއްކޮށް ލަމުން ބުނެލިއެވެ.

​"އޯޙް.... އާން މީ މިބޭފުޅާގެ އެނިވަރސަރީ."ބުކޭގައި ހިފާލަމުން ޒައިބާ ބުނެލިއެވެ.

ކާއިނާތު އުފާވެރި ގޮތަކަށް ހިނިތުން ވެލިއެވެ. ކުއްޖާ އަނެއްކާ ވެސް އަތުގައި އޮތް ކުޑަ ފޮއްޓެއް ދިިއްކޮށްލިއެވެ. ކާއިނާތު ޒައިބާ އަށް ބަލާލިއެވެ. ޒައިބާ ހިނިތުން ވެލިއެވެ. ކާއިނާތު ގެ މޫނުމަތިން ލަދުވެތިކަން ފާޅުވެ މުޅިމޫނު ރަތް ވިއެވެ. ލަދުން ހުރެ ކުޑަފޮށި ކުއްޖާ އަތުން ނެގިއެވެ. އަދި ރަކިވެފައި ހުރެގެން ފޮށި ހުޅުވާލިއެވެ. ޒައިބާ އާއި ކައިރީގައި ހުރި ކުއްޖާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

​"ޔާރައްބީ އަހަރެން ކިހިނެއް މިހާ އަގުބޮޑު ހަދިޔާ އެއް ގަބޫލު ކުރާނީ ވެސް." ކާއިނާތު ބުނެވުނެވެ.

​"ދެން ކޮން ފޮންޏެއް ވާކަށް، މިޔޮއް ހުރިހާ އިރު މޫޑު ގޯސްވެފަ ހުރީ، ތުއި ނުވެ ގަބޫލު ކޮށްބަލަ." ޒައިބާ ދިމާކޮށްލަން ބޭނުންވިއެވެ. ކާއިނާތުގެ ފޯނު ރިންގުވާން ފެށިއެވެ. ކާއިނާތު ފޯނަށް ބަލާލިއެވެ. ޝަރާގެ ފޯނެކެވެ.

​"އާން، މިތިބީ އެތާގައި."ކާއިނާތު ހީލަމުން ބުނެލިއެވެ.

​"ކާއިނާ ސޮރީ، ލޯންޗު ހުޓިގެން މިއުޅެނީ، އިރުކޮޅެއްވާނެ، ތިމީހުން ލަސްވަންޏާ ގެޔަށް ދޭ، އަހަރެން ސީދާ ދާނީ ގެޔަށް، ފަހުން މާފިހާރަ އަށް އަހަރެން ދާނީ."ޝަރާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

​"ކިހިނެއްވީ؟" ޒައިބާ ކާއިނާތު ކުރެން އަހާލިއެވެ.

"ހިނގާ ގެޔަށް، ކަމަނާ އަށް އާދެވޭލެއް ލަސްވެދާނެއޯ." ފޫހިވެފައިވާ

ރާގެއްގައި ކާއިނާތު ބުންޏެވެ.      

ކާއިނާތު އާއި ޒައިބާ ނިކުންނަން ހިނގައިގަތެވެ. އަދި ހުއްޓިލަމުން ކާއިނާތު ފަސް އެނބުރި ކައުންޓަރު ގައި އިންނަ ކުއްޖާ އަށް ބަލާލިއެވެ. އަދި އަތުގައި އޮތް ކުޑަފޮށި ކުއްޖާ އަށް ދިއްކޮށްލަމުން މައާފަށް އެދުނެވެ. އަދި އެހަދިޔާ ޤަބޫލު ނުކުރެވޭނެ ކަމަށް ކާއިނާތު ބުންޏެވެ.

"އަސްލު އަހަރެން ގެ އެއްޗަކަށް ނުވެ އެހެން ކުއްޖެއްގެ އެއްޗަކަށް ވެދާނެ، މިތަނަށް އަހަރެން އަންނަކަން އޭނަ ޔަކަށް ނޭނގޭނެ." ކާއިނާތު ހިމޭން ރާގެއްގައި ބުންޏެވެ.

"ޝަރާގެ ފަރާތުން އެނގިދާނެ ހެން ހީވަނީ، ވެދާނެ ޝަރާ އާއި އިރޫ ރާވައިގެން ކުރި ކަމަކަށް ވެސް، ދެން އެހެން ނޫނީ ކާކު؟" ޒައިބާ ވިސްނާލަމުން އަހާލިއެވެ.

ޒައިބާ އެހެން ބުނުމުން ކާއިނާތު ޒައިބާ އަށް ބަލާލިއެވެ. އަދި ބޯ ހޫރާލަމުން އެހެން ވާނީ ކިހިނެއްތޯ ސުވާލު ކުރިއެވެ. އިރޫ އާއި ޝަރާ އަދި ދުވަހަކު ވެސް ބައްދަލު ނުވާކަމުގައި ބުންޏެވެ. އެކަހަލަ ކަމެއް ކުރަންޏާ ފުރަތަމަ ގުޅަން ޖެހޭނީ ޒައިބާ އަށް ކަމަށް ވެސް ކާއިނާތު ބުންޏެވެ. ކާއިނާތު ހާސްކަމާއި އެކީގައި ކުރިމަތީގައި ހުރި ކުއްޖާ އަށް ބަލާލިއެވެ. ކުއްޖާ ހިނިތުން ލަމުން އެއީ ހަމަ އޭނަޔަށް އޮތް އެއްޗެއް ކަމުގައި ބުނެ އޭތި އެތަނުގައި އިތުރަށް ނުބޭއް ވޭނޭ ކަމުގައި ބުންޏެވެ. ވާނުވާ ނޭނގިހުރެ ކާއިނާތު ހަށިފުރާ ނޭވާ އެއްލިއެވެ.

"މިހާ އަގުބޮޑު އެއްޗެއްގެ ޒިންމާ ނަގާނީ ކިހިނެއް؟" ކާއިނާތު ކަންބޮޑުވުން ފާޅުކުރިއެވެ.

"ތިބޭފުޅާ ތީތި ޤަބޫލު ނުކުރެއް ވިއްޔާ އަޅުގަނޑުގެ ވަޒީފާ... " ކުއްޖާ ދެރަވެފައި އިސްޖަހާލިއެވެ.

ކާއިނާތަށް އިތުރު ގޮތެއް ނެތިގެން އެހަދިޔާ ހިފައިގެން މާ ފިހާރާން ބޭރަށް ނިކުތެވެ. ޒައިބާ ގެ އަތުގައި އޮތް ލިލީ ބޮކޭ ނެގިއެވެ. އަދި ޓެކްސީއެއް މަޑުކުރު ވިއެވެ. ޒައިބާ ކާއިނާތު ދާން އެއުޅޭތަނެއް އެހުމުން އިރުފާން އާއި ބައްދަލު ކުރަން ދަނީ ކަމުގައި ބުންޏެވެ. އަދި ޒައިބާ ޝަރާ އާއި ބައްދަލު ކުރަން ދާށޭ ބުނެ ޓެކްސީ އަށް އެރިއެވެ.

ކާރުގައި އިން އިރުވެސް ކާއިނާތުގެ ޙިޔާލާ ފިކުރު ހުރީ އިރުފާން އަށެވެ. އޭނަ ޔަށް އެކަހަލަ އަގުބޮޑު ހަދިޔާ އެއް އިރުފާން ނުދޭނޭ ކަމުގެ ޔަގީން ކަން އޭނާ އަށް އޮތެވެ. އަމިއްލަ އަށް ފެނިގެން އިރުފާން އޭނަޔަށް ޗޮކްލެޓެއް ހާ ހިސާބު ވެސް ގެނެސް ދީފައި ނުވާމީހަކަށް ވާތީއެވެ.

މުޅި ދަތުރު މަތީގައި ކާއިނާތު ވިސްނަމުން ދިޔައީ އިރުފާންގެ މިޒާޖާ އިރުފާން ކަންތައް ކުރަމުން ދިޔަގޮތާއި މެދުގައެވެ. އިރުފާން އާއި ކާއިނާތު ރައްޓެހި ވީ ދިރިއުޅުމެއް ފަށަން ގަސްތުކޮށްގެން ނެވެ. އެކަމަކު ކަންތައް މިދާގޮތުން އެއީ ދުރުކަމެއް ކަމުގައި އޭނާ އަށް ހީވާން ފެށިއެވެ. އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވެއޭ ބުނާބުނުން ފިޔަވާ އެއްވެސް ކަމެއް ކުރަން ނޫޅޭކަން އެނގެއެވެ. ޒިންމާދާރު ވަޒީފާ އެއް ލިބުމުން ވެސް އެކަމުގައި ދެމިހުރެވޭ ގޮތެއް ނުވިއެވެ. އަމިއްލަ މަޖަލާ އުފާ އިސްކުރުން އެއީ އިރުފާން ކުރާ ހިތް ވާކަމެކެވެ. އަވަހަށް ރުޅި އައުމާ ދެބަސް ވުން އެއީ އިރުފާންގެ ތޮބީއީ ކަމެވެ. އެކަންތަކުން އިރުފާން ދުރުކޮށް ހަރުދަނާ މީހަކަށް ހެދޭތޯ ކާއިނާތު މަސައްކަތް ކުރަމުން ދިޔައެވެ. އެކަމަކު އެނގޭ މީހަކަށް ބުނެދިނުމަކީ ވެސް ކުރެވޭ ބޭކާރު ކަމެކެވެ.

ބޭކާރު ޙިޔާލުތައް ސިކުނޑިތެރޭ ގައި ގިނަވާން ފެށުމުން ކާއިނާތު ހަށިފުރާ ނޭވާއެއް ލިއެވެ. އަދި މާބޮނޑިއަށް ބާލިއެވެ.

 

​****************************

​ކާއިނާތު އެގެޔަށް ދިއުމުން ވެސް އިރުފާން އާއި ބައްދަލެއް ނުވިއެވެ. ބޭކާރު ދަތުރެއްގައި ހުޅުމާލެ އަށް އާދެވުނީމައި ދެރަވިއެވެ. ކާއިނާތު އެގެޔަށް ދިއުމުން މާބޮޑު މަރުޙަބާ އެއް އެގޭ މީހުން ވެސް ނުކިޔައެވެ. ކާއިނާތު އައުމުން ކަންބޮޑު ވުން ފާޅުކުރިއެވެ. ކާއިނާތު ފެނުމުން އިރުފާން ގެ މަންމަ ފަޒީލާ މޫނު ހަދާފައި ހުއްޓެވެ. އަދި ނުގުޅާ އައީ ކީއްވެގެންތޯ ސުވާލު ކުރިއެވެ.

​"އިރުފާން ނުބުނޭތަ ދިޔަތަނެއް؟"ފަޒީލާ ކާއިނާތު ކުރެން އަހާލިއެވެ.

​"އަހަރެން ގުޅީމައި ފޯނެއް ނުނަގާ."ކާއިނާތު ދެރަވެފައިވާ ރާގެއްގައި ބުންޏެވެ.

​"ނޭނގޭތަ؟ ދޮންބެ ދިޔައީ ކުއްޖަކާ މީޓްކުރަން، މަންމަ ގެ ރައްޓެއްސެއްގެ ކުއްޖެ، ވަރަށް ރީތި." އިރުފާންގެ ކޮއްކޮ ބުންޏެވެ.

​"ޝަޒީ، ކޮންކަމެއް މިހާރު އެތެރެއަށް ދޭ."ފަޒީލާ ޝަޒީ އަށް ބުންޏެވެ.

​ޝަޒީ ތުން ދަމާލާފައި ގޭތެރެއަށް ވަދެގެން ދިޔައެވެ. ފަޒީލާ ކާއިނާތުގެ އަތުގައި އޮތް މާބޮނޑިއަށް ބަލާލިއެވެ. ކާއިނާތު ސުވާލުން ފުރިފައިވާ ބެލުމަކުން ފަޒީލާ އަށް ބަލަމުން ދިޔައެވެ. ފަޒީލާ އިތުރު އެއްޗެއް ނުބުނެ ކޮޓަރިޔަށް ވަނެވެ. ކާއިނާތު މަޑުމަޑުން އެގޭން ނިކުތެވެ. މޫނުމަތިން އުފާވެރި ކަމުގެ ބަދަލު ގައި ހިތާމަ ފާޅުވެގެން ދިޔައެވެ. ދެރަވެފައި ހުރެގެން ބަސް ސްޓްޕާ ދިމާލަށް ދިޔައެވެ.

​ކާއިނާތު އުންމީދު ކޮށްގެން ހުރީ މިއަދު އިރުފާން އާއި ދިމާވާނޭ ކަމަށެވެ. މިއަދަކީ އިރުފާން އާއި އޭނަ ދިމާވި ތާ އެއް އަހަރު ފުރުނު ދުވަހެވެ. އޭނަ ބޭނުންވީ މިރެއަކީ ކުލަގަދަ ރެއަކަށް ހަދާށެވެ. އެކަމަކު އޭނަ ހީކުރިގޮތާ މުޅިން ތަފާތެވެ. ޑައިރީގައި ލިޔެވެމުންދާ ވާހަކަ ތަކަށް އިތުރުވެގެން ދިޔަ ސޮފްހާ އަކަަށް ވުންނޫން ކަމެއް ނުވިއެވެ. އިރުފާން އަށް ވީ ގޮތެއް ދިޔަތަނެއް އޭނާޔަކަށް ނޭނގެއެވެ. އެކަނި ތަނެއްގައި އިނދެ ގިސްލާ ރޯން އޭނަ ބޭނުން ވިއެވެ.

ކާއިނާތު ބަސްސްޓޮޕަށް އައިސް އިށީންނަން ހަދާފައިވާ ތަނުގައި އިށީނެވެ. ޝަރާ ފޯނު ކުރުމުން ވެސް އެއަށް ޖަވާބު ދިނުމެއް ނެތި ކާއިނާތު އިނީއެވެ. އިރުފާނަށް ގުޅާ މެސެޖް ކޮށް ވެސް ޖަވާބެއް ނައެވެ. އޭނަގެ ދެލޯ ފެންކަޅި ވިއެވެ. އިރުފާންގެ ކޮއްކޮ ބުނި ޖުމްލަ ކަންފަތު ގައި ގުގުމާލިއެވެ. އެއަޑު އިވުމުން ވަކިން ބޮޑަށް އޭނަޔަށް ރޮވޭ ގޮތް ވިއެވެ.

ބަސް އަންނަން ދެން ކާއިނާތު އެތާގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މަގުމައްޗަށް ނިކުމެ ޓެކްސީ އަކަށް އަތް ނެގިއެވެ. ދެތިން ޓެކްސީ ކުރިމަތިން ހުއްޓުމެއް ނެތި ދިޔައެވެ. ބަސް ސްޓްޕް އާއި ތަންކޮޅެއް ދުރުގައި ޕުރައިވެޓް ކާރެއް އޮތެވެ. ކާއިނާތު އެކާރާއި ދިމާއަށް ބަލާލިއެވެ. ޓެކްސީ އެއް ކަމަށެވެ. ލޮލުން ކަރުނަ އަންނަވަރުން އޭނަ އަށް ދުރު ފެންނަނީ ވަރަށް ފުސްކޮށެވެ.

ވިދާދު ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ. ކަމަކާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ. ރުޅިއައިސްގެން ފޯނު ބާއްވާފައި ކުރިމަށް ޗަށް ބަލާލިއެވެ. ކުރިމަތިން ޓެކްސީ އެއްގެ އިންތިޒާރު ގައި ހުރި ކާއިނާތު ވިދާދަށް ފެނުނެވެ. އައިސްފައިވާ ރުޅި މައިތިރިވެ ކާއިނާތަށް ގޯނާ ކޮށްލާ ހިތްވިއެވެ. ވިދާދު ޑުރައިވަރު ކާރުން ބާލާފައި ޓެކްސީއެއް ގައި ގެޔަށް ދިއުމަށް ބުނެފައި ކާރު ގެ ކުރީ ސީޓަށް އަރާ ކާރު އިސްޓާޓް ކޮށްލިއެވެ.

ވިދާދު ކާއިނާތު ކައިރިއަށް ކާރު މަޑުކޮށްލިއެވެ. ކާއިނާތު ދުއްވަން އިނީ ކާކުތޯ ބަލާލުމެއް ނެތި ފަހަތު ސީޓަށް އެރިއެވެ. ވިދާދު ލޯގަނޑުން ފަހަތް ބަލާލިއެވެ. ކާއިނާތު ރޮނީ ކަން ވިދާދަށް އެނގުނެވެ. އިތުރަށް ވާހަކަ ދެއްކުމެއްނެތި ވިދާދު ކާރު ދުއްވާލިއެވެ. ކާރު ދުއްވަމުން ވެސް ވިދާދު ލޯގަނޑުން ކާއިނާތުގެ ހަރަކާތް ތަކަށް ބަލަމުން ދިޔައެވެ.

ކާއިނާތު އަތުގައި އޮތް ލިލީ ބޮކޭގައި އަތް ކާއްތާލަމުން ގިސްލަން ފެށިއެވެ. ކީއްވެގެން ކަމެއް ނޭނގެއެވެ. ކާއިނާތު ގިސްލަން ފެށުމުން ވިދާދު ގެ ހިތަށް އަސަރު ކުރަން ފެށިއެވެ.

ކާއިނާތު މާބޮނޑި އެއް ފަރާތެއް ގައި ބޭއްވިއެވެ. އަދި އަތުގައި އޮތް އަތްދަބަސް ތެރެއިން ކުޑަ ފޮއްޓެއް ނަގައި ހުޅުވާލިއެވެ. ވިދާދު ކުޑަކޮށް ފަސް އެނބުރި ބަލާލިއެވެ. ކާއިނާތުގެ އަތުގައި އޮތީ ޑައެމަންޑް އަގުބޮޑު އަނގޮޓި އެކެވެ.

އަދި ނުނިމޭ

ކޮމެންޓް

Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy