މާލޭ ސަރަހައްދުގައި މަސްދަޅު ބަހާ ވަގުތަށް ބަދަލު ގެނެސްފި

ފެލިވަރު މަސްދަޅު -- އަވަސް ފޮޓޯ

ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބިސީ އަކަށް ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދޭ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބަހަން މިއަދު ހަމަޖެއްސި ވަގުތަށް ބަދަލު ތަކެއް ގެނެސްފި އެވެ.

މި ބަދަލުން، ކުރިން މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށް ބަހަން ނިންމާފައިވާ މަސްދަޅު ކޭސް، ބެހުމުގެ ކަންކަން ކުރިއަށް ގެންދާނީ ލޯކަލް ގަވާންމެންޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މަސްދަޅު ބަހާ ގަޑިއަށް އެސްޓީއޯއިން ގެނައި ބަދަލާއެކު، މިއަދު މެންދުރު 2:30 ގައި މަސްދަޅު ބަހަން ނިންމާފައި އޮތްއޮތުން ބަދަލުކޮށް ދެން އެ މަސައްކަތް ފަށާނީ ރޭގަނޑު 8:30 ގައެވެ. އަދި މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެ އެވެ.

ކޮންމެ ގޭބީސީ އަކަށް ވެސް ދޫ ކުރާނީ 48 ދަޅުގެ މަސްކޭހެކެވެ.

މަސްދަޅުތައް ބަހާނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80,000 އަށްވުރެ ގިނަ ގޭބީސީ ތަކަށް މި ކޭސްތައް ބަހާނެ އެވެ.

މިހާރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ މިފްކޯގެ އޮފީސް ކޮމްޕައުންޑް، ހެންވޭރު އެމްޓީސީސީ ސޯމިލް، ވިލިމާލެ ވެމްކޯ ސައިޓް، ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން، ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު އިންނެވެ.

ހުކުރު ދުވަހު މަސްދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.

ނަމަވެސް ހޮނިހިރު ދުވަހު ހެނދުނު 10:00 އިން ހަވީރު 4:00 އަށް، ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ގެންދާނެ އެވެ. އޭގެ އިތުރުން އާދިއްތަ އިން ފަށައިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:30 އިން 11:00 އަށް މަސްދަޅު ދޫކުރާނެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy