ސ. ފޭދޫގައި ހުންނަ މަސްޖިދުލް ކައުސަރު --
މި އަހަރުގެ ރަމަޟާން މަހުގެ ފަހުން ރާއްޖޭގެ ހަ ރަށެއްގައި އާ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެމަނިކު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހ.އ ބާރަށް، ތ. ވޭމަންޑޫގައި މިސްކިތް އަޅާން ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ މިސްކިތްތަކުގެ މަސައްކަތްތައް ނިމޭއިރު ސޯލާއާއި އޭސީ ހަރުކުރެވި ނެވިލޯން އެޅިގެންދާނެ ކަމަށާއި ކޮންމެ މިސްކިތެއްގައިވެސް ޤުރުއާން ކިޔަވައިދޭ ގޮތަށް ކުލާސްރޫމް ގާއިމް ކުރެވޭނެ ކަމަށެވެ.
އަލަށް އަޅައި މިސްކިތްތައް އެޅުމަށް ހަމަޖެހިފައި ވަނީ ރިޔަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ފަރުމާކޮށްފައިވާ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ އައު ޑިޒައިންތަކަށެވެ.
އެގޮތުން 300 މީހުންގެ ޖާގައިގެ މިސްކިތްތަކާއި، 500 މީހުންގެ ޖާގައިގެ މިސްކިތްތައް އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތަކުގެ ކުރެހުން ވަނީ ފަރުމާކޮށްފަ އެވެ.
މިނިސްޓަރު ވަނީ އަލަށް އަޅަން ފަށާ މި ހަ މިސްކިތާއެކު، މިހާރުވެސް ކުރިއަށް ދާ 35 މަޝްރޫއުއެކު ސަރުކާރުން 41 މަޝްރޫއެއް ކުރިއަށް ގެންދާކަން ފާހަގަ ކުރައްވާފަ އެވެ.
އޭގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ދީލަތި އެހީގައި 12 މަޝްރޫއެއް މިހާރު ކުރިއަށްދާއިރު މިސްކިތްތަކުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް