ރައީސްގެ ވައުދާއި އެއްގޮތަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިފި

--

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފައިވާ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާޙުކުރައްވައިފިއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމެވެ.

މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު އިންދަވާފައިވަނީ ކާބޮލި އަރޮޅި ގަހެކެވެ. މި ގަހަކީ 35 މީޓަރު ދިގުމިނަށް ހެދޭ، ދިވެހި ބޭސްފަރުވާއަށް ބޭނުންކޮށް އުޅޭ ގަހެކެވެ. މިއީ މިހާރު ރާއްޖެއިން ވަރަށް މަދުން ފެންނަ ބާވަތެއްގެ ގަހެކެވެ.

ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންވެސް ވަނީ ގަސް އިންދަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެ ކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމްވެސް ވަނީ ގަސް އިންދަވާފައެވެ.

ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައެވެ. މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާފައި މިވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެންނެވެ.

ގަސް އިންދުމުގެ ޕްރޮގްރާމް މާލޭގައި ކުރިއަށްގެންދިޔައީ ލޮނުޒިޔާރތް ޕާކުގައެވެ. އަދި މިއަދު ވަނީ މި ޕްރޮގްރާމް އަތޮޅުތަކުގައިވެސް ފަށާފައެވެ.

ލޮނުޒިޔާތްޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ލޯގޯ އަދި ޕިން އިފްތިތާޙުކޮށްދެއްވާފައެވެ.

ގަސް އިންދުމުގެ ޕްރޮގްރާމްގައި އިސްކަން ދެއްވާފައިވަނީ ރާއްޖެއިން ނެތެމުންދާ ބާވަތްތަކުގެ ގަސް އިންދާ އާލާކުރުމެވެ. އެގޮތުން ރާއްޖެއިން ނެތެމުންދާކަމަށް 90 ބާވަތެއްގެ ގަސް ވަނީ ލިސްޓުކޮށް، މި ޕްރޮގްރާމްގައި އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ގޮތުން 22 ބާވަތެއްގެ ގަސް ލޮނުޒިޔާރަތް ޕާކުގައި ވަނީ އިންދާފައެވެ. މި ޕްރޮގްރާމްގައި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާ، މެވާ އަޅާ ގަސް، ބަގީޗާ ގަސް، ހިޔާ ދޭ ބިޔަ ގަސްތައް އަދި ބޭސްވެރިކަމަށް ބޭނުންކުރާ ބާވަތްތަކުގެ ގަސް އިންދާނެއެވެ. ޕޮރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވަނީ، 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި އިންދާ ބައެއް މުހިންމު ގަސްތަކުގެ މަޢުލޫމާތާ، ގަސްތަކުގެ މުހިންމުކަމާ ގުޅޭ ވީޑިއޯވެސް ދައްކާފައެވެ.

މި ޕްރޮގްރާމަށް ގަސް ހަދިޔާކުރުމާއި، ގަސް އިންދުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސަރުކަރުން އެދެއެވެ. ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެކަމަށްވެސް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

---

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

22 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

53 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy