މީހުން ވާނުވާގައި ބެއިތިއްބުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން: އިހުސާން

ހޯމް މިނިސްޓަރު އިހުސާން --

ޝަރީއަތް ނިމެންދެން ބަންދުކޮށް މީހުން ވާނުވާގައި އެންމެ ދުވަހަކު ވެސް ބެއިތިއްބުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ވަޒީރުންނާ ސުވާލު ކުރުމަށް ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ކުރިޔަށް ގެންދާ "އަހާ" ފޯރަމްގައި ވާނުވާގެ މައްސަލަ އަށް ނިމުމެއް އަންނާނީ ކޮން އިރަކުންތޯ އާންމު ރައްޔިތަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އެންމެ ދުވަހަކު ވެސް ހުކުމެއްގައި ނޫން ގޮތަކަށް ޖަލުގެ ތޭރި ތަކުގައި މީހަކު ބެހެއްޓުމަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު ނޫން ކަމަށާއި އެ މަނިކުފާނު ބޭނުންފުޅު ވަނީ ވީހާ ވެސް އަވަހަކަށް މި މައްސަލަ އަށް ހައްލު ހޯދައިދިނުން ކަމަށެވެ.

މުއްދަތެއް ނެތް ގޮތަށް ގިނަ ދުވަހު މީހުން ތިބެންޖެހޭ މައިގަނޑު ސަބަބަކީ، ޖިނާއީ މުޅި އަދުލުގެ ނިޒާމުގެ ތެރެއިން ލަސްވާ ލަސްވުން ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ވާނުވާގައި ތިބޭ މީހުންގެ މައްސަލަ ތަކުގެ ތަހުގީގު ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ނިންމާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑަށް ކެރިގެން ދަންނަވަން ކެރިދާނެ ފުލުހުންގެ ތަހުގީގު މިހާތަނަށް ނުވާހާ އަވަސް އަޅުގަނޑުމެން ކޮށްފިން، އަދި ކުރިއަށް ތަނުގައި ބަލާނަން މިއަށްވުރެ ވެސް އަވަސް ކުރެވޭތޯ، އެންމެ ދުވަހަކު ވެސް ހުކުމެއްގައި ނޫން ގޮތަކަށް ޖަލުގެ ތޭރި ތަކުގައި ބެހެއްޓުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް ނޫން. އެކަން ހުއްޓާލާނަން، ތަހުގީގު ބަންދުގައި ދެން ލަހެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިމިނަލް ކޯޓަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އަޅައި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ނިންމައި އެތަން ކޯޓާއި ހަވާލުކުރާނެ ކަމަށެވެ. އަދި މިހާރުވެސް 12 ގާޒީން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންމެ ކޯޓު ރޫމެއްގައި ކަމަށް އިހުސާން ވިދާޅުވި އެވެ.

"އެ ހިސާބުން ވާނުވާގަ ޖަލުގެ ތޭރިތަކުގެ ތެރޭގައި ތިބި ހުރިހާ ކުދިންނަށް އަވަސް ނިޔާއެއް ލިބި، އެއީ ޝަރުއީ ހުކުމެއްގައި ޖަލަށް ދާންޖެހޭ މީހުން ޖަލަށް، ނޫނީ ސަލާމަތް ކުރެވޭ މީހުން ސަލާމަތް ކުރެވިގެންދާނެ، އެ ހިސާބުން އަޅުގަނޑުމެން ވާނުވާ އޭ މި ކިޔާ މައްސަލަ އެއްކޮށް ހައްލުވެގެންދާނެ ކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި މިހާރުވެސް ހަތަރު ފަސް އަހަރު ވެފައިވާ މީހުންވެސް އެބަތިބި ކަމަށާއި، މިއީ ގާނޫނީ ދައުލަތެއް ހިނގައި ތަނެއްގައި ވެގެންވާނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ޝަރީއަތްތައް އަވަސް ކުރުމަށް ޓަކައި ޕީޖީ އޮފީހާއި ކޯޓު ތަކާއިއެކު އެޓާނީ ޖެނެރަލް އޮފީހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy