އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި

---

އިސްރާއީލު ޕާސްޕޯޓް ރާއްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އައްޔަން ކުރައްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން

ހާރިޖީ ވަޒީރު މޫސާ ޒަމީރް

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ވަޒީރު ވިދާޅުވީ، އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަަނާ ކުރުމަށްޓަަކައި ސަރުކަރުން ކުރަން ޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުހަައްމަޒު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.

"އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާ ގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް،ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުންގެ ސުޕަރ މެޖޯރިޓީއެއް އޮތް މަޖިލީހެއް، އަޅުގަނޑު ގަބޫލު ކުރަނީ ވަރަށް އަވަަހަށް މިކަން ވާނެ ކަމަށް.". ވަޒީރު ވިދާޅުވިއެެވެ.

މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާތަނަށް ނެތް ފަލަސްތީނާއި ވާހަކަދައްކާފައި، ރާއްޖޭގެ ފަރާތުން ކޮން ކަމެއްތޯ ފަލަސްތީނަށް ބޭނުން ވަނީ، މިކަންކަން ދެނެގަތުމަށްޓަކައި ރައީސްޖުމްހޫރިއްޔާ ހާއްސަ އެމްއޯޔޫއެއް ކަނޑައެޅުމަށް މިއަދު ވަނީ ނިންމާފައި.".

އަދި ޔޫއެން ރިލީފް އެންޑް ވޯކްސް މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒިންގ ހަރަކާތްތަކެއް ހިންގަންވެސް ވަޒީރުންގެ މަޖިލީހުން ނިންމާފަައިވާ ކަމަަށް އޭނާ ވިދާޅުވިއެވެ.

"ފަލަސްތީނާއެކު ދިވެހިން"މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަަށް އަވަަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ އަނިޔާތަކާ ގުޅިގެން އިސްރާއީލްގެ ރައްޔިތުން ރާއްޖެ އައުން ހުއްޓުވުމަށް ގޮވާލާ ރާއްޖޭގައި މުޒާހަރާވެސް ކޮށްފައި ވެއެވެ.

އިސްރާއީލާއި ޣައްޒާއަށް ހަމަލާތައް ދެމުންގެންދާތާ އެތައް އަހަރެއްވެއްޖެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުގެ ފަހުން ވަރުގަދަ ހަމަލާތަކެއް ޣައްޒާ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާއިރު، ޣައްޒާގައި ގަތުލު އާންމުތަކެއް ދަނީ ހިންގަމުންނެވެ.

---

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

27 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy