ވަގަށް މިޔަރާއި މަޑިމަސް ބޭރު ކުރަން އުޅުނު ކުންފުނީގެ ނަން ހާމަކޮށްފި

ކަސްޓަމްސްއިން ހޯދި މިޔަރާއި މަޑިމަސް --- ފޮޓޯ/ ކަސްޓަމަސް

ރާއްޖެއިން މިޔަރު މަހާއި މަޑިމަސް ބޭރު ކުރަން އުޅުނު ކުންފުނީގެ ނަން ހާމަކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ނޫހަކުން މި މައުލޫމާތު ހޯދުމަށް އެދުމުން ކަސްޓަސުން ވަނީ އެ ކުންފުނީގެ ނަން ސިއްރުކޮށްފަ އެވެ.

ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފެހެއްޓި ޝިޕްމަންޓެއްގެ ތެރޭގައި ހުރި 45 ފޮށިގަނޑު ފާސްކުރި އިރު 582 ކިލޯގެ މިޔަރު މަހާއި މަޑިމަސް ވަނީ ފެނިފަ އެވެ.

ކަސްޓަމްސުން ބުނީ އެ ޝިޕްމެންޓް ކަސްޓަމްސް އަށް ޑިކްލެއާ ކޮށްފައި ވަނީ"ދަ ކްރިސްޓަލް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.

މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް ކަސްޓަސުން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އާއި ކަމާބެހޭ އެހެން އިދާރާ ތަކުން ބަލާން ޖެހޭ ބެލުންތައް ބަލައި އަދި ފުރިހަމަ ކުރާން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެ ތަކެތި ވަނީ ނައްތާލާފަ އެވެ.

ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރު އެވެ. އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުންވެސް މަނާ ކުރި އެވެ. އޭރު ދިރާސާތަކުން ދެއްކި ގޮތުގައި ދިރިހުރި މިޔަރެއްގެ ފައިދާ ދިވެހި އިގްތިސާދަށް މާ ބޮޑަށް ކުރެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

53 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy