ހާއްސަ އެހީގެ މީހުންނަށް ދީނީ ހަރަކާތްތަކުން ފުރުސަތު އިތުރުކުރަން މަޝްވަރާއެއް
ދީނީ އިލްމު ހޯދުމާއި ދީނީ ހަރަކާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ބައިވެރި ވެވޭނެ އިތުރު ފުރުސަތުތައް ފަހި ކުރުމާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ދެމެދު މަޝްވަރާ ކޮށްފި އެވެ.
މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އަދި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވަނީ ބައިވެރިވެލައްވާފަ އެވެ.
މިއީ ދީނީ މައުލޫމާތާއި އިލްމު ފޯރުކޮށްދިނުމާ އަދި ދީނީ އެކި އެކި ހަރަކާތް ތަކުގައި މުޖުތަމައުގެ އެއްވެސް ބަޔަކު ބާކީ ނުވެ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ބައިވެރިވެވޭނެ ގޮތް ތަކަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ ބޭނުމުގައި ބޭއްވި ބައްދަލުކުރެއްވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތް ތަކާއި ހިންގާ ޕްރޮގްރާމް ތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ބޭނުން ތަކަށް ރިއާޔަތްކޮށްގެން ހިންގަން މަސައްކަތް ކުރާކަން އައިޝަތު ޝިހާމް ފާހަގަ ކުރައްވާފައިވެ އެވެ.
އެގޮތުން އިސްލާމް ދީނުގެ ރުކުންތަކަށާއި އަސާސް ތަކަށް ލޯބިކުރާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީ ހިންގާ "ރިސާލަތު" ޕްރޮގްރާމްގައި، ސައިން ލެންގުއޭޖް އިންޓަޕްރިޓޭޝަން ހިމަނާފައިވާކަމީ، އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތް ތަކަށް ދީނީ މައުލޫމާތު ލިބުމުގައި ދިމާވެފައިވާ ހުރަސް ތަކަށް ނުހަނު ބޮޑު ލުއިކަމެއް ގެނެސް ދޭނެ އަގުހުރި މަސައްކަތެއް ކަން ވަޒީރު ފާހަގަ ކުރެއްވި އެވެ.
ތިލަ އިބާރާތުން، ޒުވާނުންނާ ގުޅޭނޭހެން ކަރިކިއުލަމް ގެނެސް، އިނގިރޭސި އަދި ދިވެހިބަހުން މި ޕްރޮގްރާމް ގެންނަކަމީ އެކިފަރާތްތައް ޝާމިލް ކުރުމަށް ކުރެވޭ މަސައްކަތުގެ ހެއްކެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
މި މަސައްކަތުގައި އިސްލާމިކް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އިތުރު ކުރާނެ ކަމުގެ ޔަގީންކަން މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ދެއްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް