ރައީސް އުތީމުގައި ވާހަކަފުޅު ދައްކަވަނީ --
މިހާތަނަށް ސަރުކާރު ތަކުން ސަމާލުކަން ދީފައި ނުވާ މިންވަރަށް ސަމާލުކަން ދީގެން މި އަހަރާއި މި އަންނަ އަހަރު، ގައުމީ ފެންވަރެއްގައި ގައުމީ ދުވަސް، ފާހަގަކުރާނީ ހއ. އުތީމުގައި ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
އުތީމު، ރައްޔިތުންނާ ބައްދަލުކުރައްވައި، މިއީ އުތީމު މަހާރަދުންގެ އުފަން ރަށް ކަމަށާއި، އުތީމު ގަނޑުވަރާއި އެހެން ހަދާންތައް މިއަދު ވެސް ފެންނަން ހުރިއިރު، އެ ފަދަ ތަންތަން ބެލެހެއްޓުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.
މި ރަށުގައި ގައުމީ ދުވަސް ފާހަގަ ކުރަން ގަސްތު ކުރައްވަނީ ދެ އަހަރުގެ މަޝްރޫއެއްގެ ގޮތުގައިކަން ސިފަ ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަމުގެ ނަތީޖާ އަކަށް ވާނީ، ފިކުރީ ގޮތެއްގައި ގައުމީ ވިސްނުމުގެ ފިކުރު ފެތުރުމުގައި، އުތީމަށް އަދާ ކުރެވޭނެ ދައުރަށް ފަހި މަގެއް ކޮށިގެން ދިއުން ކަމަށެވެ.
އުތީމަކީ، ދިވެހި ގައުމިއްޔަތު އިޔާދަކޮށް، ކުރިއަށް އަންނާން އޮތް ޖީލު ތަކަށް އެކަން ފޯރުކޮށްދިނުމުގައި، އަދުގެ ސަރުކާރުން ފައްޓާފައިވާ މަސައްކަތުގައި މުހިންމު ދައުރެއް އަދާ ކުރާ، އަދި ކުރަން ޖެހޭ ރަށެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރަށުގެ ކޮންމެ ވެލިފުކަކުން ބުނެދޭ ބުނެދިނުމަކީ، ކޮންމެ ރައްޔިތެއްގެ ހިތުން ކިޔާ ނިދާއަކީ، އަދި ކޮންމެ ރައްޔިތެއްގެ ލޮލުން އެ ބުނެދޭ ވާހަކައަކީ ގައުމީ ތަރިކައެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުރައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް