މޮރޮކޯގައި ތަގުރީރު ކުރަން ޑރ. ޝަހީމަށް ދައުވަތު ދިނުން --
މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑާ މުޙައްމަދު މަލިކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި މިއަދު ބައްދަލުކުރައްވައި، ކުރިއަށް އޮތް ރޯދަ މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދެއްވުމަށް އެ ގައުމުގެ ސަރުކާރުން ފޮނުއްވި ދައުވަތު ހަވާލު ކުރައްވައިފި އެވެ.
މޮރޮކޯގައި ރޯދަ އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ 'ހަސަނީ ފިލާވަޅު’އަކީ މޮރޮކޯގެ ރަސްގެފާނު މުޙައްމަދު ހަ ވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ މޮރޮކޯގެ އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ.
މި ސެޝަން ތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅު ތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއު ތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާ، ސެޝަން ތަކެއްކަން ފާހަގަ ކޮށްލެވެ އެވެ.
މި ބައްދަލުކުރެއްްވުމުގައި ވަޒީރު ވަނީ މޮރޮކޯގެ އެމްބެސެޑާ އެ މަނިކުފާނާއި ބައްދަލު ކުރެއްވި ކަމަށް ޓަކައި ޝުކުރު އަދާ ކުރައްވާ، ރާއްޖެ އާއި މޮރޮކޯ އާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަން ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައް ކަތްތަކުގެ މައުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ވަނީ އަރުއްވާފައެވެ.
މީގެ އިތުރުން މޮރޮކޯއިން އިމާމުން ތަމްރީން ކުރުމަށް ހުރި އެކި ފުރުސަތު ތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް