ތިނަދޫ ކައުންސިލުން ވައްކަންކޮށްފި ކަމަށް ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ/ ތިނަދޫ ކައުންސިލް
ތިނަދޫ ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގައިފި ކަމަށް ތުހުމަތުކޮށްފި އެވެ.
އެ ސިޓީގެ މޭޔަރު ސައުދު އަލީއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމުން ކައުންސިލަށް ވަދެފައި ވަނީ އިއްޔެ ހެނދުނެވެ. އަދި އެ ތަނުގައި ހުރި މި ތަހުގީގަށް ބޭނުންވާނޭ ކިޔެކިޔުންތައް ހޯދުމުގެ މަސައްކަތް އެ ޓީމުން ކުރި އެވެ.
ކައުންސިލްގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގާފައިވާ ކަމަށާއި އަދި މި މައްސަލަ ފުލުހުންނަށް ހުށަހެޅި ބަލަމުން ދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ކުރި ފޭސްބުކް ފޯސްޓެއްގައި ބުނެފައިވެ އެވެ.
ތިނަދޫ އަކީ ސިޓީއެއްގެ ދަރަޖަ ލިބުމުގެ ޝަރުތު ހަމަ ނުވާ ރަށަކަށްވެފައި މަރުވެފައިވާ މީހުންނާއި ކައިރި ރަށްރަށުގެ ބައެއް މީހުންނަކީ އެ ރަށުގެ ރަށްވެހީން ކަމުގައި ހަދައި، 10،000 މީހުން ހަމަވާ ސައްހަނޫން ލިސްޓެއް ތައްޔާރުކޮށް ދައުލަތުގެ އިދާރާ ތަކަށް ހުށަހެޅި މައްސަލައެއް ފަޅާއަރާފައިވާއިރު، އެ ކަމުގެ އެންމެ ބޮޑު ތުހުމަތު އަމާޒު ވަނީ މޭޔަރު ސައުދަށެވެ.
އެހެންކަމުން ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލް ކުރުމަށް ސިވިލް ކޯޓަށް މިހާރު ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް