މީޑިއާގެ މިނިވަންކަމަށް ހުރަހެއް ނާޅާނަން، މިއުޅެނީ ދޯހަޅި މުއައްސަސާތައް ރިފޯމް ކުރަން: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: މިހާރު ފޮޓޯ

ނޫސްވެރިކަމާ އިންޓަނެޓް ރެގިއުލޭޓް ކުރާ ބިލެއް ތައްޔާ ކުރައްވަނީ މީޑިއާގެ މިނިވަން ކަމަށް ހުރަސް އަޅާން ނޫން ކަމަށާއި އެ ބިލުގެ ބޭނުމަކީ ދޯހަޅި މުއައްސަސާތައް ރިފޯމް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއެންސީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް ނެރުއްވި ބަޔާނެއްގައި މިހެން ވިދާޅުވީ ސަން މީޑިއާގެ ޕްރޮގްރާމެއްގައި މީޑިއާ ރެގިއުލޭޓް ކުރުމާބެހޭ ގޮތުން އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭ ގޮތަށް ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމުންނެވެ.

ނާޒިމް ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓް ކުރަން ދެ މުއައްސަސާއެއް އުފައްދާފައި އޮތް ނަމަވެސް އެ ދެ މުއައްސަސާ ވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަން ހުދު މީޑިއާ ތަކުން ވެސް ގަބޫލު ކުރާނެ ކަމަށެވެ.

މި ދެ މުއައްސަސާ އަށް މިދިޔަ އަހަރު އެކަނި ވެސް ދައުލަތުގެ ބަޖެޓުން 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ނާޒިމް ވިދާޅުވީ އެހެންކަމުން މަގުސަދަކީ މިފަދަ ގޮތްގޮތަށް ހުރި މުއައްސަސާތައް ރިފޯމް ކުރުން ކަމަށެވެ.

މި ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަން ނާޒިމް ފާހަގަ ކުރެއްވި އެވެ. އަދި  މުނިފޫހިފިލުވުމުގެ އިތުރުން ޒުވާނުން އާމްދަނީ ހޯދުމާއި، ޝުއޫރުތައް ފާޅު ކުރާ އެންމެ ވަރުގަަދަ ތަނަކީ ސޯޝަލް މީޑިއާ އަށް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ އެ މަންސަތައް ރެގިއުލޭޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހުރިހާ އެންމެން ވެސް އެއްބާސްވާނެ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި އެ ފަދަ މަންސަތައް ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވެ އެ މަންސަތައް ރެގިއުލޭޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހުރިހާ އެންމެން ވެސް އެއްބާސްވާނެ ކަމަށާއި، އެއީ އެއްވެސް މިންވަރަކަށް އެ ފަދަ މަންސަތައް ބްލޮކްކޮށް ނުވަަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިފަދަ މަންސަތައް ބޭނުން ކުރެވޭއިރު، އަނެކާގެ އަބުރާއި، އިއްޒަތް ވެސް އެއީ އޮންނާނެ އެއްޗެއް ކަން ދެެނެގަންނަން އެބަ ޖެހެ އެެވެ. އަނިޔާ ލިބޭ ފަރާތުން، އިންސާފު ހޯދުމަށް ދޮރުގައި ޓަކިޖަހާއިރު، އިންސާފު ހޯދަައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނު ކަމާއި، އަދި މިވަގުުތު އެފަދަ ގާނޫނެއް ދިވެހި ރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ،" އެމަނިކުފާނުގެ ބަޔާނުގައިވެ އެވެ.

ނާޒިމް ވަނީ މިފަދަ ކަންކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ ފިތުނަވެރި ގޮތަކަށް ހަބަރާއި މައުލޫމާތު ނުފެތުރުމަށް ރާއްޖޭގެ ހުރިހާ މީޑިއާ ތަކަކަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy