ރާއްޖޭގެ މުސްތަގުބަލަށްޓަކައި އިޔާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުން ލާޒިމު: ރައީސް

ރައީސް ޑރ. މުއިއްޒު --

ރާއްޖޭގެ މުސްތަގުބަލަށް ޓަކައި އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމަކީ ލާޒިމު ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ ސާފު ހަކަތައިގެ ދުވަހާ ގުޅިގެން ރައީސް ދެއްވި މެސެޖުގައި ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލު ތަކުގެ ހިރާސް ބޮޑު، ބިންތިރި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓް ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށް ޓަކައި ކުރުމަށް ލާޒިމުކަމެއްކަން ފާހަގަ ކުރައްވާފަ އެވެ.

އިޔާދަކުރަނިވި ހަކަތަ ކުރިއެރުވުމުގައި، ހާއްކޮށް ސޯލާ ޕަވާ އިނީޝިއޭޓިވްސް ނުވަތަ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ ރޮނގުން ރާއްޖެއިން ބޮޑެތި ކުރިއެރުން ތަކެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވި އެވެ. އަދި 2028 ވަނަ އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ބޭނުން ކުރާ ކަރަންޓު ހަކަތައިގެ 33 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ އަދުގެ ސަރުކާރުން ވަރުގަދަ އަޒުމެއްގައި ކަނޑައަޅާފައި އޮތް އަމާޒެއްކަން ރައީް ފާހަގަ ކުރެއްވި އެވެ.

ހަކަތައިގެ ގާނޫނާއި ހަކަތައިގެ ދާއިރާގެ މަގުޗާޓުގައި، ހަކަތައިގެ ސަޕްލައި އަކީ އެކަށީގެންވާ، އިތުބާރު ހިފޭ، ދެމެހެއްޓެނިވި، ރައްކާތެރި އަދި ހެޔޮ އަގުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމުގައި އެމަނިކުފާނުގެ މެސެޖުގައި ބަޔާން ކުރައްވާފައިވެ އެވެ.

އިޔާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް ތަކުގެ ދާއިރާގައި، ރާއްޖޭގެ ޕްރައިވެޓް ސެކްޓާ އިން މުހިންމު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ، މި މަސައްކަތުގައި ދެމިތިބުމަށް ހިތްވަރު ދެއްވާފަ އެވެ.

މި މަސައްކަތްތަކުގެ ސަބަބުން، ބައިނަލްއަގުވާމީ ފެންވަރުގައި ކަނޑައަޅާފައިވާ މޫސުމީ ލަނޑުދަނޑިތައް ހާސިލު ކުރުމުގެ އިތުރުން، ހަކަތައިގެ ރައްކާތެރިކަމާއި، އިގުތިސާދީ ހަރުދަނާކަން އިތުރުވެގެންދާކަމުގައި ރައީސް މެސެޖުގައި ފާހަގަ ކުރައްވާފައިވެ އެވެ.

ސާފު ހަކަތައިގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބި ފައިސާގެ އެހީދޭ ބައިވެރިން ދެއްވާ އެއްބާރުލުމަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ހަމަ މި މޭރުމުން އެ މަނިކުފާނު ވަނީ، ކުދި ޖަޒީރާ ގައުމުތައް، ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)އަށް ދޭ އެހީ، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުކުރަން ޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ، އަޅުގަނޑުމެންގެ ރަށްތައް ހިމާޔަތްކޮށް، ދުޅަހެޔޮ ވެއްޓެއް ގައިމުކޮށް، އެހެން ގައުމުތަކަށް ވެސް ނަމޫނާއެއްގެ ގޮތުގައި ރާއްޖެ ސާބިތުވެ އޮންނާނެ ކަމާއި، ގައުމާއި ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން މަސައްކަތްކުރަމުން ގެންދަވާނީ ސާފު ހަކަތައިގެ މަގުގައިކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy