މިރޭގެ ހަފްލާގައި މެޑަމް ސާޖިދާ ވާހަކަފުޅު ދައްކަވަނީ --
ބްރޯޑްކާސްޓިން ދާއިރާގެ މުހިންމުކަން ދަރިވަރުންނަށް އުނގަންނައިދީ، އެ ދާއިރާއާ މެދު ޝައުގުވެރިކަން އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވީ، މިއަދު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި، "ވިޝަންސް އޮފް ދަ ފިއުޗާ" ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސާޖިދާ ވިދާޅުވީ ރާއްޖޭގެ ބްރޯޑްކާސްޓިންގެ ހިދުމަތަކީ، ދުރުދުރުގައި މާކަނޑެއްގެ އުސްރާޅުތަކުގެ ނިވަލުގައި އެތުރިފައިވާ ރަށްތައް ގުޅުވައިލަދިން، ގައުމީ ބަދަހިކަމުގެ އަގުހުރި ގާދިމެއް ކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިފަދަ ކުރެހުމުގެ މުބާރާތް ފަދަ ހަރަކާތްތައް މެދުވެރިކޮށް، ދަރިވަރުންގެ ކެރިއާ ބިނާ ކުރުމުގައި އެހީތެރިވެވިދާނޭ ކަން އެ ކަމަނާ ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން، ގައުމެއްގެ ނިސްބަތުގައި ޓީވީ އާއި ރޭޑިއޯ އަދާ ކުރާ ދައުރު، ފަހުގެ ޖީލު ތަކަށް އެނގުމުގެ މުހިންމުކަން ވެސް އެ ކަމަނާ ފާހަގަ ކުރެއްވި އެވެ.
މިއަދުގެ ރަސްމިއްޔާތުގެ އެންމެ ޝަރަފުވެރި އިނާމުތައް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.
އިނާމުތައް ހަވާލު ކުރެއްވުމަށްފަހު، ހާއްސަ ފޮޓޯއެއް ނެންގެވުންވެސް އޮތެވެ. އަދި އެކަމަނާ ވަނީ، "ވިޝަންސް އޮފް ދަ ފިއުޗާ" ގެ ކުރެހުންތައް ބައްލަވާލައްވާފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް