ދިވެހީންގެ ރާއްޖެ ނަމުގައި ޕީއެންސީން ބޭއްވި ޖަލްސާގެ ތެރެއިން --
ރާއްޖޭގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި ވެރިކަން ކުރާ ޕީއެންސީވެ، ޕީޕީއެމްގެ މައްޗަށް ޕީއެންސީ ކުރި ހޯދައިފި އެވެ.
މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން ތިބިއިރު، ޕީޕީއެމްގެ މެންބަރުންގެ އަދަދު އުޅެނީ 12،174 ގަ އެވެ.
ދަފްތަރުގައިވާ ގޮތުން ދެ ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގައި 43،755 މެންބަރުން އެބަތިއްބެވެ. އަދި ތިން ވަނައިގައި އޮތް ޖުމްހޫރީ ޕާޓީގައި މިވަގުތު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގައި މިހާރު 2،359 މެންބަރުން ތިބިއިރު، އުވާލުމުގެ މަސައްކަތް އީސީން ކުރަމުން އަންނަ އެމްއާރުއެމްގައި މިވަގުތު ތިބީ އެންމެ 1،867 މެންބަރުންނެވެ.
މީގެ އިތުރުން ސަން ސިޔާމްގެ އެމްޑީއޭގައި 9،210 މެންބަރުން ތިބިއިރު، އަދާލަތު ޕާޓީގައި 9،049 މެންބަރުނާއި އެމްއެންޕީގައި 6،050 މެންބަރުންނާއި ދަ ޑިމޮކްރެޓްސް، ގައި 3،667 މެންބަރުންގެ އިތުރުން ޕީއެންއެފްގައި 2،822 މެންބަރުން ތިބި ކަމަށް ތަފާސް ހިސާބުން ދައްކަ އެވެ.
އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި މިވަގުތު ޕީއެންސީ އޮތްއިރު އެ ޕާޓީން ސައްހަކަން ކަށަވަރުނުވާ ފޯމުތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް