ކައުންސިލްތަކުން އިސް ނަގައިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ ބަލައިގަންނަ ކަމެއް: ރައީސް

ރައީސް މުއިއްޒު ވާދޫ ކައުންސިލާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްގީ އަށް މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިިކުފާނު މިހެން ވިދާޅުވީ ވާދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ މުއައްސަސާ ތަކުގެ އިސްވެރިނާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ މުސްތަގުބަލަށް ޓަކައި އިއާދަ ކުރަނިވި ހަކަތައިގެ މަޝްރޫއު ކުރިއަށްދާ ގޮތް ހިއްސާކޮށް އެ މަސައްކަތް ފުރިހަމަ ކުރުމަށް ބޭނުންވާކަން ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށާއި، ރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ހިދުމަތް ތަކާއި، ރަށުގެ ޒުވާނުންނަށް ހާއްސަކޮށް ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ކައުންސިލުން ހިއްސާ  ކުރި އެވެ. އަދި ރަށަށް އަރައި ފޭބުމުގައި ހުރި ދަތިކަން ފާހަގަކޮށް ބަނދަރުގެ މަސައްކަތް އަވަހަށް ފުރިހަމަކޮށްދިނުމަށް އެދިފައިވެ އެވެ.

ކައުންސިލްގެ ވާހަކަތައް އައްސަވައި ރައީސް ވިދާޅުވީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.

އަދި ވާދޫގައި މިހާރު ކުރިއަށްދާ ސޯލާ ޕްރޮޖެކްޓް ނިމޭއިރު މުޅި ރަށުގެ ކަރަންޓުގެ މައްސަލައަށް ޖުމްލަ ގޮތެއްގައި ފުރިހަމަ ހައްލެއް ލިބިގެންދިއުމަށް ބޭނުންވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

29 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy