ރައީސް ޑރ. މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕް، މަގާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވީ 277 އިލެކްޓޯރަލް ކޮލެޖު ވޯޓާއެކު އެވެ.
ޓްރަންޕަށް ތަހުނިޔާ ދަންނަވާ ރައީސް ފޮނުއްވި މެސެޖުގައި އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ސަރަހައްދީ ސުލްހަ މަސަލަސް ކަމާއި ފާގަތިކަން ކުރިއެރުވުމަށް ޓަަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަ ކުރެއްވި އެވެ.
އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށް ޓަކައި ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަގު ވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މެސެޖުގައި، މި އަހަރަކީ އެމެރިކާ އާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ގައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހި ކުރުމާއި، ދިފާއީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަގުވާމީ މަސްރަހުގައި ޑިމޮކްރެޓިކް ހަމަތަކާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ މަގުގައި ހުރި ގޮންޖެހުން ތަކަށް ހައްލުހޯދުމަށް ދެ ގައުމުން ކުރާ މަސައްކަތް ރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.
ތަހުނިޔާގެ މި މެސެޖު ނިންމަވާލައްވަމުން، ޓްރަމްޕަށް ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް