އިސްރާއީލުގެ ޖަލުން ފަލަސްތީނުގެ އަންހެނަކު ދޫކޮށްލުމުން މަރުހަބާ ކިޔަނީ، ފޮޓޯ؛ އޭއެޕްޕީ
ޣައްޒާ (20 ޖަނަވަރީ 2025) : ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ 15މަސް ދުވަސްވީ ގަތުލުއާންމުތައް ހުއްޓާލުމުގެ އެއްބަސްވުގެ ފުރަތަމަ މަރުހަލަ ތަންފީޒު ކުރަން ފެށުމާއެކު އެ އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތާއި އިސްރާއީލުން އަސީރުން މިނިވަން ކުރަން ފަށައިފިއެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ މިނިވަން ކުރީ ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ 100 އެއްހައި އަސީރުންގެ ތެރެއިން ތިން މީހުންނެވެ. އެއީ ތިން އަންހެނުންނެވެ. އެ ތިން އަންހެނުންނަކީ؛ އެމިލީ ދަމާރީ (28 އަހަރު)، ރޯމީ ގޯނެން (24 އަހަރު) އަދި ދޯރޯން ސްޓެއިންބްރެޗަރ (31 އަހަރު) އެވެ.
މި ތިން އަސީރުން މިނިވަންކޮށް އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރުސީ) އާ ހަވާލުކުރީ، ޣައްޒާ ސިޓީގެ މަގެއްގެ މަތީގައެވެ. ފޮޓޯތަކުން ފެންނަގޮތުގައި، އެމީހުން ވަށައިގެން އެތައް ހާސް މީހުންނާއެކު، މޫނު ނިވާކޮށްގެންތިބި ހަމާސް ޖަމާޢަތުގެ ހަނގުރާމަވެރިން ހަތިޔާރާއެކު ތިއްބެވެ.
ރެޑް ކްރޮސްގެ ފަރާތުން އެމީހުން ހަވާލުކުރީ އިސްރާއީލުގެ ދިފާޢީ ބާރުތަކާއެވެ. އެއަށްފަހު، އިސްރާއީލަށް ގެންގޮސް އެމީހުންގެ އާއިލާ އާ ވަނީ ހަވާލުކޮށްފައެވެ.
މި ތިން އަސީރުން މިނިވަން ކުރިތާ 7 ގަޑި އިރު ފަހުން، ސްރާއީލުން ވަނީ އިސްރާއީލު އަތްދަށުގައިވާ ފަލަސްތީނުގެ އެތައް ހާސް އަސީރުންގެ ތެރެއިން 90 އަސީރަކު މިނިވަންކޮށްފައެވެ. މި 90 އަސީރުންގެ ތެރޭގައި 9 ކުޑަކުދިންނާއި، 62 އަންހެނުންނާއި، 28 ފިރިހެނުން ހިމެނެއެވެ. މި މީހުންގެ ތެރޭގައި ގިނައީ ސިއްހީ މައްސަލަތައް ގިނަ މީހުންނެވެ. އެއީ އިސްރާއީލުގެ ޖަލުތަކުގައި އެތައް އަހަރެއް ވަންދެން އަނިޔާވެރިކަން ތަހައްމަލްކުރުމުގެ ސަބަބުންނެވެ.
މި 90 އަސީރުން ދޫކޮށްލުމާ ގުޅިގެން އުފާ ފާޅުކުރުން އިސްރާއީލުގެ ސިފައިންވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އަސީރުން އުފުލާ ބަސްތައް ޖަލުން ނުކުތުމާއެކު ގިނަބަޔަކު އެތަނަށް އެއްވިއެވެ. ބަސްތަކުގެ މައްޗަށް އަރައި ފަލަސްތީނާއި ހަމާސްގެ ދިދަ ވިހުރުވާލިއެވެ. "ﷲ އަކްބަރު" ގެ ކަލިމައިން ތަން ގުގުމާލިއެވެ.
މި 90 މީހުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަސީރަކީ 62 އަހަރުގެ ޚާލިދާ ޖައްރާރެވެ. އޭނާއަކީ 1970 ގެ އަހަރުތަކުގައި އިސްރާއީލާ ދެކޮޅަށް ދިން ހަމަލާތަކުގައި ބައިވެރިވި، މީހެކެވެ. ފަހުން ހަނގުރާމައިގެ މައިދާނަށް ނިކުތެވެ. 2023 ގެ ފަހުކޮޅު އޭނާ ހައްޔަރުކުރެވުނީއްސުރެ، އޭނާ ދޫކޮށްލުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އިތުރު އަސީރުން ދޫކޮށްލުން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެމީހުންގެ ތެރޭގައި އިސްރާއީލުގެ 33 އަސީރުންނާއި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 2000 ގައިދީން ހިމެނެއެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ 42 ދުވަހުގެ ތެރޭގައި ދޫކޮށްލެވޭ މީހުންނެވެ. ދެ ހަފްތާއަށްވުރެ ކުޑަ މުއްދަތެއްގެ ތެރޭގައި، ބޮޑެތި ގޮންޖެހުންތަކެއް ހުރި ދެވަނަ މަރުހަލާއާ ބެހޭ މަޝްވަރާތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް