ޝުއައިބު އަވަހާރަވުމަކީ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް: ރައީސް

ރައީސް ޑރ. މުއިއްޒު ވަޒީރުގެ މަޖިލީހުގެ ބައްދަލުވުމެއްގައި --

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ގދ. ހޯޑެއްދޫ، އުފަބް، ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހައި ކޯޓުގައި11  އަހަރަށްވުރެ، ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޝުއައިބު، އުމުރުފުޅުން 55 ތިން އަހަރުގައި އަވަހާރަވީ މިއަދު ހަވީރު އެވެ.

އޭނާ އަވަހާރަވީއިރު ގެންދެވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ޝުއައިބު އަވަހާރަވުމާ ގުޅުވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިރޭ ޓްވިޓާގައި ވިދާޅުވީ  ޖަސްޓިސް (ރިޓަޔަޑް) އަލްއުސްތާޒު ޝުއައިބު ހުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ގައުމަށް އަދި ވަކީން ހާއްސަކޮށް ރާއްޖޭގެ ޝަރުއީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

"އެމަނިކުފާނު ވަނީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ގައުމަށް މުހިންމު ހިދުމަތްތަކެއް ކުރައްވާފަ. ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާ ކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ޚާއްޞަ ޚިދުމަތްތެރިއެއް،" ރައީސްގެ ޓްވީޓުގައިވެ އެވެ.

މާތް ﷲ މަރުހޫމް ޝުއައިބު ހުސައިން ޒަކަރިއްޔާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުއާ ކުރައްވާފަ އެވެ.

ޝުއައިބު ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ގިނަ މަގާމު ތަކެއް ފުރުއްވާފަ އެވެ.

އެ މަނިކުފާނު އަދާ ކުރެއްވި މަގާމު ތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީގެ ލީގަލް އޮފިސަރު ކަމާއި ހާއްސަ ގާޒީ ކަމާއި ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީ ކަމުގެ އިތުރުން ފެމިލީ ކޯޓާ މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވި އެވެ.

ރާއްޖޭގެ ހައި ކޯޓުގައި ޝުއައިބު 11 އަހަރަށްވުރެ، ގިނަ ދުވަހު ހިދުމަތް ކުރެއްވި އެވެ.

ފަނޑިޔާރު ޝުއައިބު ހުސެއިންގެ ޖަނާޒާ ބޭއްވީ އާ ސަހަރާގަ އެވެ. ކަށުނަމާދު ކުރީ މިރޭ 23:00ގަ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

36 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy