އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު --
މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކު ހުޅުވީ ވަގުތުން ހިދުމަތް ދޭން ފަށާ ގޮތަށް ނޫން ކަމަށާއި އެ މަސައްކަތް ކަނޑައަޅާފައިވާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް އެބަދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ
ޑިވެލޮޕްމެންޓް ބޭންކުގެ ހިދުމަތްތައް ކުރިއަށް ދަނީ ތިން މަރުހަލާ އަކަށް ބަހާލައިގެން ކަން ފާހަގަ ކުރައްވައި ސައީދު ވިދާޅުވީ އެގޮތުން މިވަގުތު ކުރިއަށް ދަނީ އެ ތަނުގެ އިންސްޓިޓިއުޝަނަލް ސެޓަޕްގެ މަސައްކަތް ކަމަށެވެ.
ސައީދު ވިދާޅުވީ ޑީބީއެމްގެ ވިޔަފާރި މޮޑެލްގައި އިސްކަން ދެނީ އިންސްޓިއުޝަނަލް އިންވެސްޓަރުންނާއި ބޮޑެތި އުމްރާނި މަޝްރޫއު ތަކަށް ކަމަށާއި އަދި ފަހުގެ މަރުހަލާ އެއްގައި ރީޓެއިލް ހިދުމަތްތައް ތައާރަފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ ޕަބްލިކް ފައިނޭންސް ބެލެހެއްޓުމުގައި ޒިންމާދާރުކަން ކުޑަ ސަރުކާރެއްގެ ކިބައިން ވާރުތަވި ނުތަނަވަސް ކަމުން އަރައި ގަނެވިފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ.
ޑިވެލްޕްމަންޓް ބޭންކް އޮފް މޯލްޑިވްސް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހުގަ އެވެ.
މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓު ކުރުމާއި، އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއު ތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް