ރިސޯޓުތަކުން 40 މިލިއަނެއްހާ ޑޮލަރު މާރު ކުރާނެ ކަމަށް ބެލެވޭ: އެމްއެމްއޭ

އެމްއެމްއޭ

ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރު ކުރަން މަޖުބޫރުވާ ގޮތަށް އެކުލަވައިލި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން 40 މިލިއަނެއްހާ ޑޮލަރު ބޭންކު ތަކަށް މާރު ކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ އިން ބުނީ ރާއްޖޭގައި ހިދުމަތް ދެމުން އަންނަ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓަކުން މިދިޔަ އޮކްޓޫބަރު މަހުގެ ސޭލްސް ރިޕޯޓު ހުށަހަޅާފައިވާ ކަމަށާއި އެހެންވެ، 30 މިލިއަން ޑޮލަރާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ބޭންކު ތަކަށް މާރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެމްއެމްއޭ އިން ބުނީ، ގަވާއިދުގެ ދަށުން މިދިޔަ އޮކްޓޫބަރު މަސް ތެރޭ ޒިޔާރަތް ކުރި ފަތުރުވެރީންގެ އަދަދަށް ބަލައިގެން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީހަކީ މި މަހުގެ 28 ވަނަ ދުވަސް ކަމަށެވެ. އެހެންވެ، އެ ދުވަހާ ހަމައަށް ޑޮލަރު މާރުކޮށް ނިންމުމަށް ވަނީ އެދިފަ އެވެ.

ބޭރު ފައިސާއާބެހޭ ގާވާއިދުގެ ތެރެއިން ކެޓަގަރީ އޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާ ތަކާއި ޓުއަރިސް އުޅަނދު ތަކެވެ.

މި ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން ބޭންކަށް މާރު ކުރަން ލާޒިމު ވާނެ އެވެ.

ކެޓަގަރީ ބީ ގައި ހިމަނާފައި ވަނީ، ގެސްޓް ހައުސް ތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާ ތަކެވެ. މި ތަންތަނުން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރި އަކަށް 25 ޑޮލަރުގެ ރޭޓުން މާރު ކުރުން ނުވަތަ އެ މަހެއްގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަންޖެހެ އެވެ.

އެހެންނަމަ ވެސް ރިސޯޓަކަށް މާލީ ދަތިކަމެއް ކުރިމަތިވާ ނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ، މަދުން ދައްކަން އެދުމުގެ އިހުތިޔާރު ދީފައި އޮވެއެވެ.

މި ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ ވިޔަފާރި ތަކުގެ އިތުރުން ދެން ޑޮލަރު މާރު ކުރަން މަޖުބޫރު ވަނީ މަދުވެގެން 15 މިލިއަން ޑޮލަރު އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

39 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy