މާލޭގައި މާރާމާރީ ހިންގި ބިދޭސީންތަކެއް ވީޑިއޯކުރި ދިވެއްސަކަށް ހަމަލާ ދީފި

މާލޭ އާޓިފިޝަލް ބީޗުގައި މިރޭ މާރާމާރީ ހިންގި ބިދޭސީއެއް ފުލުހުންގެ ބެލުމުގެ ދަށުގައި -- ފޮޓޯ/ ދެލި

މާލޭ އާޓިފިޝަލް ބީޗުގައި ބިދޭސީން ތަކެއްގެ މެދުގައި މިރޭ މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން ބުނީ އާޓިފިޝަލް ބީޗުގައި ބިދޭސީން ތަކެއް މާރާމާރީ ހިންގައިގެން އުޅޭ ކަމުގެ ރިޕޯޓު މިރޭ 8:30ހާއިރު ލިބިފައިވާ ކަމަށެވެ.

މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކަށް ވެސް އެމީހުން ހަމަލާ ދީ މާރާމާރީ ހިންގާފައި ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ.

ބިދޭސީން އަނިޔާ ކުރީ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އެވަގުތު އޭނާ އެ ތަނަށް ގޮސްގެން އުޅުނީ އާއިލާ މީހުންނާއެކުގަ އެވެ.

މި ޒުވާނާ "ދެލި" އަށް ބުނީ އެ ވަގުތު މަންޒަރު ރެކޯޑު ކުރަމުންދަނިކޮށް، އެ ތަނުން ތިން މީހަކު ގޮސް އޭނާގެ ގަޔަށް ބޮލަށް އަރައިގަތީ ކަމަށެވެ. އަދި އެ ތަނުން އެކަކު އޭނާގެ އަތުގައި އޮތް ފޯނު ފޭރެން އުޅުމުގެ ތެރޭ ކަންފަތްމަތީގައި ޖެހި ކަމަށެވެ.

މިރޭގެ މާރާމާރީ މައްސަލައާ ގުޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިންޑިއާގެ ތިން ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

52 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy