ރައީސް މުއިއްޒު އެސްޓޯނިއާގެ ޓާޓޫ ޔުނިވާސިޓީގެ އޮފިޝަލުންނާ ބައްދަލު ކުރައްވަނީ --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، އެސްޓޯނިއާގެ ޓާޓޫ ޔުނިވާސިޓީއަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.
ރައީސް އެ ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ޔުނިވަރސިޓީގެ ރެކްޓާ ޕްރޮފެސަރު ޓޫމަސް އައްސެރް އެވެ.
މި ޒިޔާރަތުގައި، ޕްރޮފެސަރު ވަނީ ރައީސަށް ކެމްޕަހުގެ މުހިއްމު ސަރަޙައްދުތައް ދައްކަވާލައްވާފަ އެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޔުނިވާސިޓީގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ އެ ޔުނިވާސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލު ކުރައްވާފަ އެވެ.
މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތައުލީމާއި، ދިރާސާ ކުރުމާއި އަދި ތަމްރީނުގެ ފުރުސަތު ތަކުގެ ވާހަކަ ހިމެނެއެވެ.
އޭގެ އިތުރުން ހާއްސަ ގޮތެއްގައި މަޝްވަރާތައް އަމާޒު ކުރައްވާފައި ވަނީ ރާއްޖޭގެ އާންމު ހިދުމަތް ތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް ޓަކައި ޔުނިވާސިޓީގެ ދިރާސާ ކުރުމުގެ ގާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.
ޓާޓޫ ޔުނިވާސިޓީ އަކީ އުތުރު ޔޫރަޕްގެ އެންމެ ތާރީހީ އަދި އެންމެ ޝަރަފްވެރި ޔުނިވާސިޓީ ތަކުގެ ތެރޭގައި ހިމެނޭ ޔުނިވާސިޓީ އެކެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް