ހޯމް މިނިސްޓަރު އިހުސާން މަގާމުން ވަކިކުރަން އެމްޑީޕީން ގޮވައިލައިފި

ހޯމް މިނިސްޓަރު އަލީ އިހުސާން -- ފޮޓޯ ކްރެޑިޓް/ މިހާރު

ސައްހަ ނޫން ފޯމް ހުށަހެޅި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން އިދިކޮޅު އެމްޑީޕީން މިއަދު ގޮވައިލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނުގައި ޕީއެންސީ އަށް މެންބަރުން އިތުރުކުރުމަށް ހިންގި ހަރަކާތުގައި ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަން އެ ކޮމިޝަންގެ ބަހުންނާއި، ޕީއެންސީގެ އަމިއްލަ އިއުތިރާފުން ޝައްކެއް ނެތް މިންވަރަށް އޮޅުންފިލާފައިވާ ކަމަށެވެ.

ދިވެހިރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ މި ބޮޑު ޖަރީމާ ހިންގުމުގައި ހޯމްލޭންޑް، ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު އިސް ދައުރެއް އަދާކޮށްފައިވާތީ އެ ޕާޓީގެ ފަރާތުން މިނިސްޓަރުގެ އެ ހުތުރު އަމަލު ކުށްވެރިކުރާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މިހާރު އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ މުވައްޒަފުންނާއި، ވަސީލަތްތަކާއި އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމުގެ މުޅި އިޖުރާއަތު ހިނގައިދިޔައީ އިހުސާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކަން ފާހަގަކޮށްފައިވެ އެވެ.

އިހުސާނަކީ ފުލުހުންގެ އިދާރާގެ ކަންކަން ބެލެހެއްޓުން ހަވާލުވެފައިވާ ވަޒީރު ކަމަށްވާއިރު، އެމަނިކުފާނު އެ މަގާމުގައި ހުރެއްޖެނަމަ މި މައްސަލައިގެ އިންސާފުވެރި ތަހުގީގެއް ކުރުމަކީ މުސްތަހީލު ކަމަކަށް ވާތީ، މި މައްސަލައިގައި އިންސާފުވެރި ތަހުގީގެއް ކަށަވަރުކުރުމަށް ޓަކައި، އެމަނިކުފާނު މަގާމުން އެކަހެރިކުރުމަށް ވެސް އެމްޑީޕީން މި ސަރުކާރަށް ގޮވާލާފައިވެ އެވެ.

މީގެ އިތުރުންމި އަމަލަކީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ އަމަލަކަށް ވާތީ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕް ޝަން ކޮމިޝަނަށް ވަނީ ގޮވައިލާފަ އެވެ.

"އަދި މިހާރު ޕީއެންސީގެ ދަފުތަރުގައި ހިމެނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ގިނަ ފޯމުތަކަކީ ސައްހަ ނޫން ފޯމު ތަކެއްކަން ސާފު ވެފައިވާތީ މި މައްސަލަ ބަލައި، އެކަމުގައި ގޮތެއް ނިމުމުގެ ކުރިން އެއިން އެއްވެސް ފޯމެއް ރަޖިސްޓްރީ ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލަމެވެ… އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

56 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy