އާސަންދަ ދޭން ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން -- އާސަންދަ ފޮޓޯ
އާސަންދައިގެ ދަށުން ޔުނައިޑެޓް އަރަބި އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑުން ބޭސްފަރުވާ ކުރަން ދިއުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވައިލައިފި އެވެ.
އެ ކުންފުނިން ބުނީ އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލް ތަކުން މިއަދުން ފަށައިގެން އާސަންދަ ސްކީމްގެ ހިދުމަތް ދޭގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރު ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް ތަކުން ހިދުމަތް ދިނުމަށް އަމަލުކުރާ ނިޒާމުގެ ތެރެއިން ކަމަށް އާސަންދައިން ބުންޏެވެ.
މި ފުރުސަތުގައި ތައިލޭންޑް އަދި ޔޫއޭއީ ގެ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒު ތަކަށް ބަލިމީހުން ރިފާ ކުރުން ފެށިގެންދާއިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނަރ"އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓް ކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ ފަރާތް ތަކަށެވެ.
އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމު ތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނާ" އަކަށްވުން އެ ގައުމު ތަކުގެ ގާނޫނާ ގަވާއިދު ތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ.
އާސަންދަ ސްކީމަށް އިތުރު ކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ މަގުފަހިވެގެންދާނެ އެވެ.
ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާ ދެވުނު ނަމަވެސް އެ ފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ.
އެ ފަދަ ފަރާތް ތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފާ ކުރާނެ މަރުކަޒު އެ ކުންފުނިން ކަނޑައަޅާ އެ ފަރާތް ތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ އެވެ.
މިއަދު ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ހިދުމަތް ފުޅާވެގެންދާއިރު އެ ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިޔަށް އޮތް ދުވަސް ތަކުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރާނެކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް