ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅުނު އިބްރާހީމް ޒާލިފު --
ހުޅުމާލޭގައި ދެވަނަ ފޭހުގައި ހުންނަ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން މަސައްކަތް ކުރި ސްޓެލްކޯ މުވައްޒަފަށް ހަމަލާ ދިން މީހާގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި މި މައްސައިގައި ހައްޔަރުކޮށްފައިވަނީ ށ. ބިލެއްފަހި ޗަބޭލީގެ، އިބްރާހީމް ޒާލިފް، 37، ކަމަށެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ރޭ 9:50ހާއިރު އެވެ.
ޓްރާންސްފޯމަރު ތެރެއަށް ވައްކަން ކުރަން ވަދެ އޮތް ވަގުކަލޭގެ ވަނީ އެތަނަށް އެޓެންޑްވި ސްޓެލްކޯ މުވައްޒަފުގެ ބޮލުގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، މުވައްޒަފު ބޮލުގައި ރެންޗުން ޖެހުމުގެ ސަބަބުން ދާއިމީ ނުކުޅެދުންތެރި ކަމަކުން ނުވަތަ މަރުގެ އެތިފަހަރަކުން އޭނާ ސަލާމަތްވީ ކިރިޔާ ކަމަށެވެ.
އެ މުވައްޒަފު ދެއްކި ހިތްވަރުގެ އަގުވަޒަން ކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފަހުމީ ވަނީ މުވައްޒަފުންނަށް ދިމާވާ އެފަދަ ނުރައްކާތައް ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
މި މައްސަލައިގައި ޒާލިފުގެ އިތުރުން ދެވަނަ މީހަކުވެސް ހިމެނެ އެވެ. ނަމަވެސް އޭނާ އަދި ހައްޔަރެއް ނުކުރެވެ އެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންންނެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް