މާލެ ސަރަހައްދުން 19 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ތަކެތި ރިކަވާކޮށްފި

މާލޭ ސަރަހައްދުން މިދިޔަ އަހަރު ފުލުހުން ރިކަވާ ކޮށްފައިވާ ބައެއް ތަކެތި --

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުން 19.2 މިލިއަން ރުފިޔާއަށް ވުރެ ގިނަ ތަކެތި ރިކަވާ ކޮށްފައިވާކަން ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

 މާލެ ސިޓީ ޕޮލިހުގައި ހިމެނޭ މާލެ ފްރަންޓްލައިން ޕޮލިސިން ތިލަމާލެ ޕޮލިސް އަދި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓު ބަހާ ތަކުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ފާއިތުވި އަހަރު ޖުމްލަ 1653 އައިޓަމެއް ރިކަވާކޮށްފައިވާއިރު މި ތަކެތީގެ ޖުމްލަ އަގު 19.2 މިލިއަން ރުފިޔާއަށްވުރެ ގިނަ އެވެ.

އެގޮތުން ރިކަވާކޮށްފައިވާ ތަކެތީގެ ތެރޭގައި 206 މޯބައިލް ފޯނު (1.983،564.79 ރުފިޔާ)، 253 މޮޓޯ ސައިކަލް (11،489،400 ރުފިޔާ)، 107 އިލެކްޓްރޯނިކްސް އައިޓަމް (986،843.42 ރުފިޔާ) އާއި އެހެނިހެން ތަކެތި ޖުމްލަ 333 އައިޓަމް (551،206.62 ރުފިޔާ) އާއި 374 މައްސަލައެއްގައި ހިމެނޭ 3،582،837.11 ރުފިޔާގެ ނަގުދު ފައިސާ އަދި އެހެނިހެން 380 އައިޓަމް (615،813.56 ރުފިޔާ) ހިމެނެ އެވެ.

މީގެ އިތުރުން، ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހަށް ވޮލިއުމް ކްރައިމްގެ ޖުމްލަ 5242 އިންސިޑެންޓް ހުށަހެޅިފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ވައްކަމުގެ 2،290 އިންސިޑެންޓް، އެކްސިޑެންޓުގެ 2،025 އިންސިޑެންޓު، ފޭރުމުގެ 414 އިންސިޑެންޓު އަދި މަސްތުވާތަކެތީގެ 236 އިންސިޑެންޓުގެ އިތުރުން މާރާމާރީގެ 358 އިންސިޑެންޓެވެ.

އަދި ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުން ކޮށްފައިވާ ތަހުގީގު ތަކުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު ޖުމްލަ 9،154 އިންސެންޓު ތަހުގީގު ކޮށްފައިވާއިރު އޭގެ ތެރެއިން ކޭސް ކޮށްގެން 7،157 މައްސަލަ އެއް ތަހުގީގު ކޮށްފައިވެ އެވެ. އަދި 6،645 މައްސަލައެއް ފައިލްކުރިއިރު، 64 މައްސަލަ ޕީޖީ އޮފީހަށް ފޮޮނުވާފައިވެ އެވެ. މި އިންސިޑެންޓު ތަކުގައި ޖުމްލަ 1000 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު އޭގެ ތެރޭގައި ހައްޔަރުކޮށްފައިވާ 805 މީހަކު ހިމެނެ އެވެ.

ފާއިތުވި އަހަރު މާލެ ސިޓީ ޕޮލިހުގެ ނެއިބަހުޑް ޕޮލިސިންގެ މަސައްކަތް ތަކަށް ބަލާއިރު، ޖުމްލަ 681 ހައުސް ވިޒިޓް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ވިޔަފާރި ތަކަށް ޒިޔާރަތް ކުރުމުގެ 1،101 ޕްރޮގްރާމް ހިންގާފައިވާއިރު، 3،221 ޕަބްލިކް އިންޓަރެކްޝަން އަދި ކުށްމަދު ކުރުމުގެ 97 ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ. 

ފާއިތުވި އަހަރު 907 ކަންބޮޑުވުން/ މައްސަލަ ހައްލު ކޮށްފައިވާއިރު، ވެމްކޯއާ ގުޅިގެން 241 ކުނީގެ މައްސަލަ ހައްލު ކޮށްފައިވެ އެވެ. އަދި ސިޓީ ކައުންސިލާ ގުޅިގެން 153 މުނިސިޕަލް މައްސަލަތައް ހައްލު ކޮށްފައިވެ އެވެ. މީގެއިތުރުން ފާއިތުވި އަހަރު 142 ޓްރެފިކް މައްސަލަ ހައްލު ކޮށްފައިވެ އެވެ. 

މީގެ އިތުރުން އާންމު ރައްޔިތުން ހޭލުންތެރި ކުރުމަށް ޓަކައި މާލެ ސިޓީ ޕޮލިހުން ކޮށްފައިވާ މަސައްކަތް ތަކަށް ބަލާއިރު، ފާއިތުވި އަހަރު ބެލެނިވެރިންނަށް އަމާޒު ކޮށްގެން 10 ޕްރޮގްރާމެއް ހިންގާފައިވެ އެވެ. އަދި ދަރިވަރުންނާއި ޓްރެފިކް މޮނީޓަރުންނަށް 53 ޕްރޮގްރާމެއް ހިންގާފައިވާއިރު، ކުންފުނި އަދި ސަރުކާރު އޮފީސް ތަކަށް އަމާޒުކޮށްގެން 34 ޕްރޮގްރާމެއް ހިންގާފައިވެ އެވެ. 

އަދި ފުލުހުންނަށް އަމާޒު ކޮށްގެން 17 ޕްރޮގްރާމެއް ހިންގާފައިވާއިރު، ޓެކްސީ ޑްރައިވަރުންނަށް 8 ޕްރޮގްރާމެއް ހިންގާފައިވެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ ހަވީރުގެ 35 ހަވީރެއްގައި ބައިވެރިވެ ހޭލުންތެރި ކުރުމަށް މައުލޫމާތު ދީފައިވާއިރު ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް 17 ޕްރޮގްރާމެއްގައި މައުލޫމާތު ހިއްސާ ކޮށްފައިވެ އެވެ.

މި ޕްރޮގްރާމް ތަކުން ޖުމްލަ 36،104 މީހުންނަށް މައުލޫމާތު ހިއްސާ ކުރެވިފައިވެ އެވެ.

ކޮމެންޓް

team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

50 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy