އަލަށް ނެރޭ 100 ރުފިޔާގެ ނޫޓް / ފޮޓޯ:އެމްއެމްއޭ
ބައެއް ބަދަލުތަކާއެކު އަލުން ޗާޕުކޮށްފައިވާ 100 ރުފިޔާގެ ނޫޓު އަންނަ އާދީއްތަ ދުވަހުން ފެށިގެން ދައުރުކުރަން ފަށާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
މި އާ ނޫޓުތަކުގައި ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ހިމެނުމާއި، ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ހިމެނުން ހިމެނެއެވެ.
އާ ނޫޓުތަކުގައި ތާރީޚަކަށް ޖަހާފައިވަނީ 7 ޖުލައި 2024 (1 މުހައްރަމް 1446) އެވެ. އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އާ ނޫޓުތަކާ އެކު މިހާރު ބޭނުންކުރަމުންދާ 100 ރުފިޔާގެ ނޫޓުތައް ވެސް ދައުރުކުރެވެމުންދާނެއެވެ.
މިހާރު ރާއްޖޭގައި ބޭނުންކުރަމުންދަނީ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް 2016-2017 ގައި ސަރުކާރުން ތަޢާރަފްކުރި 'ރަން ދިހަ ފަހެއް' ސީރީޒްގެ ނޫޓުތަކެވެ. މި ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓުތަކެވެ.
'ރަން ދިހަ ފަހެއް' ސީރީޒްގެ ކޮންމެ ނޫޓަކުން ވެސް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުފަޅުގެ މުއްސަނދިކަމާއި ތާރީޚާއި ސަގާފަތް ފެންނަން ހުރެއެވެ. އާ 100 ރުފިޔާގެ ނޫޓު ދައުރުކުރަން ފެށުމާ އެކު، ރާއްޖޭގެ ފައިސާގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް ގެނެސްދޭނެ ކަމަށް އެމްއެމްއޭއިން އުންމީދު ކުރާ ކަމަށް ވެސް ބުނެފައިވެއެވެ.
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
ކޮމެންޓް